ރެއާލް މެޑްރިޑްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ
ކުޅިވަރު
02 Jun 2024 | 03:12
ވާދަވެރި ކުޅުމަކަށްފަހު ޑޯޓްމަންޑް ބަލިކޮށް ރެއާލް ޗެންޕިއަންކަން ހޯދައިފި

ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ހޮނިިހިރު ދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ބޮރޫޝިއަ ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިިއެވެ.

އިގިރޭސިވިލާތުގެ ވެރިރަށް ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ރެއާލް މެޑްރިޑް ކުޅުނު ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ޑޯޓްމަންޑުންނެވެ.

އެގޮތުން ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ފޯވާޑް ކަރީމް އެޑެޔޭމީ އަށް ލިބުނު ހުސް ފުރުސަތެއްގައި ރެއާލްގެ ކީޕަރު ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ބޯޅި ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ ކަވަހާލް ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެމިނެޓު ފަހުން އެޓީމު ތަޖުރިބާކާރު ފޯވާޑް ނިކޮލަސް ފުލްކުރޫގް އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެއިތުރުން ފުރަތަމަ ހަފުގެ 41 ވަނަ މިނެޓުގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ޑޯޓްމަންޑްގެ މިޑްފީލްޑަރު މާސެލޯ ސަބިޓްޒާ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ކޯޓުއާ ދިފާއުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ރެއާލް މެޑްރިޑަށް ޑޯޓްމަންޑްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ފޮނުވާނުލެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުނުް ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކިޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި ރެއާލް މެޑްރިުޑުން ވަނީ ޑޯޓްމަންޑުގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޑޯޓްމަންޑުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްފައި ޓޯނީ ކުރޫސް ފޮނުވާލި ހަމަލާގެ އިތުރުން، އެޓީމަށް ލިބުނު ކޯނަރެއްގައި މުޅިން ހުސްކޮށްހުރެ ކަވަހާލް ބޮލުން ފޮނުވާލި ހަމަލާ ފާހަގަކޮއްލެވެއެވެ.

މީގެ އިތުރުން މިހާފުގައި ޑޯޓްމަންޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ ފޯވާޑް ފުލްކުރޫގް ބޮލުން ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ރެއާލް މެޑްރިޑުން މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔަބުކޮށްދިނީ ޑިފެންޑަރު ޑެނީ ކަވަހާލް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޓޯނީ ކުރޫސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިއީ ޑޯޓްމަންޑުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް މުޅިން ހުސްކޮއްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ކަނަށް އަމަޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިއީ މިމުބާރާތުގެ ޗެންޕިއަންކަން ރެއާލް މެޑްރިޑުން ހޯދި 15 ވަނަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.