ސަރުކާރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މާފުށި ސްކޫލުން - ފޮޓޯ: ތައުލީމީ ވަޒާރާ
ހަބަރު
02 Jun 2024 | 13:00
ފިނިކަމާއިއެކު ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލު އަންނާނެ؛ ބުލީއެއް ނުކުރާނެ: ޑރ.ޝަފީޢު

ކްލާސް ރޫމްތައް ފިނިވެފައި އޮންނަ މާހައުލެއްްގައި ގަނާ (ބުލީ) ކުރުމާއި، ރުޅިވެރިކަމެއް ނޯންނާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެެވެ.

ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއު އިފްތިތާހް ކުރުމަށް ކ. މާފުށީގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޝަފީއު ވިދާޅުވީ، މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އަދި ސަރުކާރު ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަކީ އަގުބޮޑު މަޝްރޫޢެއް ނަމަވެސް މިފަދަ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ފައްޓަވާފައި މިވަނީ ތަޢުލީމަށް ކުރާ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫންކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށެވެ. 

"ތައުލީމީ ދީގެން އަޅުގަނޑުމެންނާއި، ދަރިވަރުންނަށް ކާމިޔާބު ދިިރިއުޅުމެއް ހޯދާ ދެވޭނީ، ތައުލީމު ދީގެން ވަޒީފާގެ ބާޒާރާއި ޒުވާނުން ނެރެވޭނީ، ތައުލީމް ދީގެން އަޅުގަނޑުމެންނަށް އުފާ ފާގަތިކަމާއި އެކީގައި އުޅެވޭނީ، އެހެންވީމަ ތައުލީމަށް ކުރާ ހޭދަ، އެއީ އެންމެ ފައިސާ ފޮއްޗެއް ކަމުގައިވިޔަސް އެ ފައިސާ ފޮތި ހޭދަ ކުރުމަށް މި ސަރުކާރުން ފަހަތަށް ނުޖެހޭނެ”

ވަޒީރު ޑރ. އިސްމާއީލް ޝަފީއު 

މިއާއެކު ވަޒީރު ޝަފީޢު ވިދާޅުވީ ސުކޫލްތައް އޭސީ ކުރުމުން، ސްކޫލް ވެށްޓަކީ އުފާވެރި ހިތްހަމަޖެހޭ ވެށްޓަކަށް ބަދަލުވެ، ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

"ފިނިކަމާއި އެކުގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުވާނެ، ހިތްއުފާވާނެ ޖުމްލަ ގޮތެއްގައި ބުނާނެ ކަމުގައިވަނީމަ، ބުލީއެއް ނުކުރާނެ، ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނުއެއް އޮންނާނެ، އަދި މުދައްރިސުންނާއި މެނޭޖްމެންޓާއި އެންމެން ގުޅިގެން ކުރާ މަސައްކަތުގައި ނަތީޖާއަކަށް ވާން ވާނީ، ތުއްތު ކުދިންނަކީ ރަަށަށް ގައުމަށް އަދި އެ ކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާ ކުރަނިވި ފިލާވަޅުތަކެއް، ތަރުބިއްޔަތު ތަކެއް އަދި މުޅި ޖުމްލަކޮށް ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެން ޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިމަވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެން ދިއުން،"،

ވަޒީރު ޑރ. އިސްމާއީލް ޝަފީއު 

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ތައުލީމީ ވުޒާރާއިން ނިންމާފައިވާއިރު މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުންކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.  

ކޮމެންޓް
އަލީ
އެއީ ހޫނު ވެގެން ފިނި ވެގެން ހިނގާ ކަމެއް ނޫން.....އެހެން ވާނެ ކަމުގެ ހެއްކެއް ދަލީލެއް ދައްކަވާ.....ހަމަ މޮޅު ވާހަކައެއް ދެއްކިޔަސް ކަމަކު ނުދާނެ.
02 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.