ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓްއަރިޒަމްޒޯންއެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އާރއޭސީއެލް
ވިޔަފާރި
04 Jun 2024 | 12:26
ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓްއަރިޒަމްޒޯންއެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

ފަރެސްމާތޮޑާ އެއާރޕޯޓްގައި ޓްއަރިޒަމްޒޯންއެއް ތަރައްގީ ކުރުމަށްޓަކައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް އާއި ސިލްވަރ ލޭންޑް ހޮޓެލްސް އާ ދެމެދު އިންވެސްޓްމަންޓް އެމް. އޯ. ޔޫ އެއްގައި ސޮއިކޮށްފިއެވެ. 

މިއަދު ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް.އޭ.ސީ.އެލްގެ) މައި އޮފީހުގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެމް. އޯ. ޔޫ ގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު މުބީންއެވެ. ސިލްވަރ ލޭންޑް ހޮޓެލްސްގެ ފަރާތުން އެމް. އޯ. ޔޫ ގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހަންމަދުއެވެ.

އާރްއޭސީއެލްއިން ބުނީ، މި އެމް. އޯ. ޔޫ ގެ ދަށުން ފަރެސްމާތޮޑާ އެއާރޕޯޓްއާ އިންވެގެން އޮތް ހުސްބިމުގައި 100 ޓުވަރިސްޓް ކޮޓަރި އެކުލެވޭގޮތަށް ސިޓީހޮޓަލްއެއް އެޅިގެންދާނެ ކަމަށެވެ. އަދި މިސިޓީހޮޓަލްގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔަތުންނަށް 200 އަށް ވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރުން އެސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށެވެ. 

މި އެއްބަސްވުމާއު ގުޅިގެން ވާހަކަ ދައްކަވަމުން، އާއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، މި އިންވެސްޓްމަންޓް އެމް. އޯ. ޔޫ ގައި ވާކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައި ވާނަމަ 3 މަސްދުވަސް ތެރޭގައި އެގްރީމަންޓްއަކާ ހަމަޔައްދެވި މިޕްރޮޖެޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މުބީން އިތުރަށް ވިދާޅުވި ގޮތުގައި މިގޮތައް އެއަރޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި މިފަދަ ސިޓީހޮޓަލްތައް އަޅާ ރައްޔަތުންނަށް މިފަދަ އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއްއަމާޒްއެވެ. އެހެންކަމުން މިހާރުވެސް އެއަރޕޯޓް ތަކުގައި ހުރި ހުސްބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަންފުރިހަމަކުރުމުގެ މަސައްކަތްތައް ކައުންސިލް ތަކާ އަދި ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބާރު ސްޕީޑްއެއްގައި ކުރަމުންދާކަމުގައެވެ. އެގޮތުން ކުލުދުއްފުށީ އެއަރޕޯޓްގެ ލޭންޑް ރެޖިސްޓްރޭޝަންގެ މަސައްކަތް ފާހަގަ ކޮއްލެވިއެވެ.

ސިލްވަރ ލޭންޑް ހޮޓެލްސްގެ ފަރާތުން ބުނެފައިވާ ގޮތުން މިއިންވެސްމަންޓްގެ އަގު 20 މިލިއަން ޑޮލަރަށް އަރާނެއެވެ.

މިވަގުތު އާރް.އޭ.ސީ.އެލްގެ ފަރާތުން ޖުމްލަ 07 އެއަރޕޯޓެއް އޮޕަރޭޓްކުރަމުން ގެނދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ