ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Jun 2024 | 10:11
ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އިފުތިތާހުކޮށްދެއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ.

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. 

އެގޮތުން މިއަދު މި ޕްރޮގްރާމް ފެށިގެން ގޮސްފައިވާއިރު އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ދަޢުލަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ
01 Jul 2026
ދާރުލް އާސާރުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައެއް ނެތް
ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި، އެކަމަށް ޗައިނާ ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށާ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
01 Jul 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ފިރުޒުލް އައްޔަނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނުކޮށްފިއެވެ.
01 Jul 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
މެންބަރު ވަނީ މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
01 Jul 2026
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.
01 Jul 2026
ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓުގައި އެސްޓީއޯއިން
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާއެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް އޭސީތައް ޚާއްޞަ ޕްރޮމޯޝަނާއެކު ވިއްކަން ފަށައިފައިވާއިރު ހަތަރު ސައިޒެއް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެއެވެ.
01 Jul 2026
މިނިވަން 60 ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ޚަރަދުކުރި: ހީނާ
މިނިވަން 60 ފާހަގަކުރުމަށް ޘަޤާފަތާބެހޭ ވުޒާރާއިން 4.1 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ.
01 Jul 2026
އާރަށް މައްސަލަ؛ އައު ހެކިތައް ބަލައިނުގަނެވޭނެ: ސްޕްރީމް ކޯޓު
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.