އެމްޑަބްލިއުއެސްސީގެ ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފްތިތާހުކުރުން: ފޮޓޯ/ އެމްޑަބްލިޔުއެސްސީ
ހަބަރު
09 Jun 2024 | 11:00
އެމްޑަބްލިއުއެސްސީގެ ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްފި

އެމް.ޑަބްލިޔު.އެސް.ސީ އިން އެން.ސީ.އޭ އާއި ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއިދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން" މި ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮށްފިއެވެ.

8 ޖޫންގައި ސަލްޓަން ޕާރކުގައި ބޭއްވި ޚާއްސަރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް،އިންފޮމޭޝަން އެންޑް އާޓްސް އަލްފާޟިލް އިބްރާހީމް ވަޙީދު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދުއެވެ.

އަދި މިރަސްމިއްޔާތުގައިމިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް ގެ އިސް ބޭފުޅުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ބޯރޑް މޭމްބަރުންނާއި، މެނޭޖުމަންޓް ޓީމުގެއިސް ބޭފުޅުން ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނެފައުވާ ގޮތުން މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. 

މިގޮތުން ދެވޭނެ އިނާމް ތަކަކީ؛

1) 1 ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ،

2) 2 ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ

3) 3 ވަނަ އަށް ހޮވޭ ފަރާތަށް 15،000ރުފިޔާގެ ފައިސާގެ އިނާމު

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެކުރުހުންތަކަށްވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށާ މި 5 ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު 5 ކުރެހުމަށް ބެލުމަށް ފަހު ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދެއެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެން.ސީ.އޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

އެމްޑަބްލިޔުއެސްސީން ބުނީ، މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލެވިފައިވާ ކަމަށާ، މިގޮތުން މިމުބާރާތުގެ ވެބްސައިޓް www.fenundhirun.mwsc.com.mv މެދުވެރިކޮށް ރަޖިސްޓަރ ކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާރޓްސް ގެލަރީގައި ޚާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ. 

މިއާއެކު އެމްޑަބްލިޔުއެސްސީން ބުނީ މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައިކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެ ކަމަށާ މިގޮތުން،ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15% ލިބިގެންދާނެ ކަމަށެވެ. އަދި ބާކީ %85 ބޭނުންކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށްވެސް ބުނެފައުވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމަޢަށް ފައިދާ ކުރުވާފަދަ ޙަރަކާތްތަކެއް ހިންގުންކަމަށާ އަދި، މި ފަދަ ޙަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުން ކަން އެ  ކުންފުނިން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.