ދިވެހި ހައްޖާޖީން
ރިޕޯޓް
09 Jun 2024 | 17:01
ޙިޔާލު: ސަރުކާރުގެ އެހީގައި މަންމަ ކުރި ހައްޖާމެދު ހިތަށް އަރާ އެއްޗެއް!

ހައްޖުމަހުގެ މިމާތް މިދުވަސްކޮޅުގެ ތެރޭގައި ސޯޝަލް މީޑިއާ އެކްސްގައި ދިވެހިންގެ ބަޔަކު ފަށައިގެން އުޅޭ ބަހުސަކުން ހިތަށް ވަރަށް ނުތަނަވަސްކަން ލިބޭތީ ގަލަން ހިއްލައިލަމެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެތެރޭގައި ސަރުކާރުން ޚަރަދުކޮށްގެން ފަގީރުންގެތެރެއިން 50 މީހަކު ހައްޖަށް ގެންދިއުމުން އެމީހުންގެ ހައްޖު،  ﷲ ތައާލާ ގަބޫލުކުރައްވާނެބާއޭ ނުވަތަ ނޫންބާއޭ މީހުންގެ ހިތްތަކަށް ވަންނަހާ ބޮޑަށް ޚިޔާލުތައް ކަފިވެފައިވެއެވެ.

ޢިލްމުވެރި ޝެއިޚުންގެތެރެއިން ޑޮކްޓަރ އިޔާޒު އެކްސަށް ފެތުރުއްވި ޚިޔާލަކީ ސަރުކާރުން ހައްޖަށް އެފޮނުވީ ހައްޖު ވާޖިބު ނުވާ ބައެއް ކަމަށެވެ.

ނިކަމެތިން ހައްޖަށް ފޮނުވަން ދައުލަތުގެ ބައިތުލް މާލުން ނުވަތަ ދައުލަތުގައި ހުރި ޒަކާތު ފައިސާއިންވެސް ޚަރަދުކޮށްގެން ނުވާނެ ކަމަށެވެ. މުއްސަނދި މީހަކު ފަގީރަކަށް ފައިސާ ދީގެން ޝަރުތު ހަމަކޮށްދިނުމަކުން މައްސަލައެއް ނެތެވެ. މިއީ ދީނީގޮތުން ކަން އޮތްގޮތް ކަމެއް ނުވަތަ ސިޔާސީ ވިސްނުމަކުން ވިދާޅުވި އެއްޗެއް ކަމެއް ނޭނގެއެވެ.

އިޔާޒުގެ މިވާހަކައަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބައެއް ލެކްޗަރާއިންވެސް ތާއީދުކުރާކަން ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށް ސަރުކާރުން އަމަލުކުރިގޮތަށް މަލާމާތް އެބަކުރެއެވެ. ދައުލަތުން އެހީތެރިވެދީގެން ނިކަމެތިންނަށް ހައްޖުކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ދެކޮޅަށް ޚިޔާލުފާޅުކުރާ މީހުންގެ ނަޒަރުގައި ރައްޔިތުންގެ ފައިސާއިން ސަރުކާރަށް އެކަމެއް ނުކުރެވޭނެއެވެ. ސަރުކާރުން އެފޮނުވީ  ހައްޖު ވާޖިބު ނުވާ ބައެކެވެ. ހައްޖު ވާޖިބު ނުވާ ބަޔަކަށް ސަރުކާރުން އެގޮތަށް ވާޖިބު ކަމަކަށް ހަދައިދީގެންނުވާނެއެވެ. ފޮނުވަންވީ ހައްޖުކޯޕަރޭޝަނަށް ފައިސާދައްކައި ކިޔުގައިޖެހިގެން ތިބި މީހުންނެވެ. އެމީހުންނަކީ ޚަރަދުކުރާނެ ފައިސާ ދިނުމުން ހައްޖު ވާޖިބުވެފައި ނުދެވި ތިބި މީހުންކަމަށެވެ.

އަޅުގަނޑަށް އަސަރުކޮށްގެން މިއުޅެނީ އަޅުގަނޑުގެ އާއިލާއިން ހައްޖަށް ދެވޭނެ ފަދަ ތަނަވަސްކަމެއް ނެތި އަދި ހުވަފެނުންވެސް މާތްވެގެންވާ މައްކާގެ ބިމަށް ދެވިދާނެ ކަމުގެ އުއްމީދެއް ނެތިފައި ތިއްބައި 1980 ގެ އަހަރުތަކުގެ ތެރޭގައި ރައީސް މައުމޫނު ދައުލަތުގެ ބައިތުލް މާލުން ޚަރަދު ކުރައްވައިގެން ކޮންމެ އަހަރަކު 40 ފަގީރުން ހައްޖަށް ފޮނުއްވަމުން ގެންދަވަނިކޮށް ވަރަށް ގިނަ ފަހަރު ރަށު އޮފީހަށް ސިޓީލައިގެން އެސިޓީތައް މާލެ ގެންގޮސް ނެގި ގުރުއަތަކުން މަންމައަށް ހައްޖަށް ދާން ގުރުއަތުން ދިމާވެ އެކުރި ހައްޖަކީ ދައުލަތުން ލާރިދީގެން ކޮށްދޭންޖެހޭނެ ހައްޖެއް ނޫންކަން ދޭހަވާ މޭރުމަކުން ޢިލްމުވެރިޔާ ޑޮކްޓަރ އިޔާޒު އާއްމުންގެ ތެރޭގައި ބަސްފުޅު ވިދާޅުވެފައިވާތީއެވެ. 
އެތައް ސަތޭކަ ނިކަމެތި ދިވެހިރައްޔިތުންނަކަށް ސަރުކާރުން ދައުލަތުގެ ފައިސާއިން ލާރިދީގެން އެހައްޖުކުރުވައިދީ އެ ހައްޖު ކުރި ގިނަ ރައްޔިތުން މިއަދު މަރުވެ ހިގައްޖެއެވެ. އަޅުގަނޑުގެ މަންމަވެސް މުދިނިޔެއައިވަކިވެއް ހިގައްޖެއެވެ. މަތްالله އެ އެންމެހައި ނިކަމެތި ރައްޔިތުންގެ ހައްޖު ގަބޫލުފުޅު ކުރައްވައި އެއުރެންގެ ފާފަތައް ފުއްސަވައި އަދި މިފަހަރުވެސް ސަރުކާރުން އެފުރުސަތު ދެއްވައިގެން ހައްޖުކުރާ ނިކަމެތި ރައްޔިތުންގެ ހައްޖު ގަބޫލުފުޅުކުރައްވައި ފާފަތައް ފުއްސަވާނދޭވެ.

ޑޮކްޓަރ އިޔާޒުވަނީ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެތެރޭގައި ހައްޖު ކޯޕަރޭޝަންގެތެރޭގައި ހުންނަވައިގެން ދައުލަތުގެ ފައިސާއިން އެތަކެއްފަހަރު ހައްޖު ކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަނާއެކު އޭނާ ވަޑައިގަންނަވަނީ ދީނީ ދަރުސްދެއްވުމުގެ މާތް މަގުސަދުގައެވެ. އެނޫން އިލްމުވެރިންވެސް ތިބެއެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީ ހިންގަވަން ހުންނެވީ އަދާލަތު ޕާޓީގެ ބެފުޅަކަށްވެފައި ހައްޖު ކޯޕަރަޝްންގެ ބާރުވެސް އޮތީ އަދާލަތަށް ވެފައި ޑޮކްތަރ އިޔާޒަކީ އަދާލަތު ޕާޓީގެ ޝެއިޚެއްވީމާ އެފުރުސަތު ބޮޑަށް ތަނަވެސްވެފައި އޮންނަނީއެވެ. އޭނާއަށްވެސް ހެޔޮ ދުއާއެވެ. މުސްލިމުންގެ ގޮތަކީ އެހެންމީހުންނަށް ލިބޭ ހެޔޮ ރަނގަޅު ނިއުމަތަކަށް ޙަސަދަވެރިނުވެ ފުރައްސާރަނުކޮށް މަލާމާތްނުކޮށް އެނިއުމަތެއް އެމީހަކަށް ދެއްވިކަމުގެ މައްޗަށް އުފާކުރުމެވެ. ހައްޖަށް ދިޔުން ނޫނަސް ދައުލަތުގެ މާލިއްޔާއިން ލާރިދޭ އެހެން ގިންތިތަކެއްވެސް ހުރެއެވެ.

މީގައި ޢިލްމުވެރިން ގޮތެއް ނިންމަންޖެހިފައިވަނީ ދައުލަތުގެ ބައިތުލް މާލުން ޚަރަދުކޮށްގެން ނިކަމެތި ރައްޔިތަކު، އާދެ ހައްޖަށް އަމިއްލަ ޚަރަދުގައި ދެވޭނެ ފަދަ ތަނަވަސްކަމެއް ނެތް މީހުން ހައްޖަށް ފޮނުވުމަކީ ދީނީގޮތުން ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯއެވެ. އެ ހައްޖު ސައްހަވާނެތޯއެވެ.

އަހުރެންގެ ވިސްނުމަށް އަންނަނީ ދައުލަތަކީ ރައްޔިތުންގެ ކަންކަން ބަލަހައްޓަން ހަވާލުވެފައިވާ ފަރާތްކަމަށް ވުމުން މިފަދަ ނިކަމެތި ރައްޔިތުންނަށް އެފަދަ ފުރުސަތެއް ފަހިކޮށްދިނުމުގެ ތަނަވަސްކަމެއް އޮތްނަމަ ދިނުމަކީ ދައުލަތަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ވައްކަމާއި ޓެކުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޑްރަގްގެ ވަބާގައިޖެހި ޖަލަށްލައިފައިތިބޭ މީހުންނަށް ފައިވްސްޓަރ ފެންވަރުގައި ކާންދޭން ދައުލަތުން ކުރާ ޚަރަދަށްވުރެ މިއީ މާ ލާއިގުކަން ބޮޑު ކަމެކެވެ. ޢިލްމީ ބަހުސަކަށް ދިއުމުގެ ޢިލްމީ ޤާބިލްކަމެއް އަޅުގަނޑުގެ ނެތަތީވެ އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

އަޅުގަނޑަކީ ސަރުކާރުގެ މުސާރަ ލިބޭ މަގާމެއްގައި ހުރި މީހެކެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. އެކަކު މިއީ ހައްގު ތެދުބަހެކެވެ. ލިބޭ މުސާރައިން ދައްކަންޖެހޭ ކުލި ދައްކައި ދަރިންގެ ކަންކަމަށާއި ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުކޮށް ނިމޭއިރު އަތުގައި ފަހަށް ރައްކާކުރާނެ ލޯ ލާރިއެއްވެސް ނޯވެއެވެ. ވަރަށް ގިނަ ރައްޔިތުންނަކީ އަޅުގަނޑު ފަދަ މީހުންނެވެ. ހައްޖަށް ދިއުމުގެ ހުވަފެނަކީ ހަގީގަތަކަށް އަދިނުވިޔަސް ވަރަށް ގިނަ މީހުން ދެކޭ ހުވަފެނެކެވެ. އެކަމަކު މީހަކު އަޅުގަނޑާއި ދިމާލަށް ނިކަމެތި ފަގީރެކޭ ބުނަން އަޅުގަނޑު ނޭދެމެވެ.

ސޯޝަލް މީޑިއާގައި މިބަހުސް ހިންގާ ބައެއް މީހުން އަޅުގަނޑު ދަންނަމެވެ. އެމީހުންގެތެރޭގައި އާއިލާއެއްކޮށް ރާއްޖެއިން ބޭރަށް ދުބާއީއަށާއި މެލޭޝިޔާއަށާއި ޔޫރަޕަށް ދަތުރުކުރަން 50 ހާހުން 70 ހާހުން ޚަރަދުކުރާ މީހުން އެބަތިއްބެވެ. ހަމައެކަނި ޗުއްޓީ ހަދައި މަޖާކޮށްލުމަށެވެ. އެކަމަކު އެއިން މީހަކު އަދި ހައްޖަކަށް ނުދެއެވެ. އޭނާގެ މައްޗަށް ހައްޖުވާޖިބުވާވަރަށް އަދި ލާރި ނުލިބެނީ ކަމަށް ވެދާނެއެވެ.

ނިކަމެތި ނޫން މީހަކު ނިކަމެއްޗަކަށް ހެދިގެން ހައްޖަށްގޮސް ހުރި ވާހަކަ ވަރަށް ހޫނުކޮށް އެބަ ފަތުރައެވެ. ބައެއް މީޑިއާތަކުގައިވެސް ލިޔެފިއެވެ. ކުރިންވެސް ދެންނެވި ފަދައިން މީހަކު ވަޒީފާއެއް އަދާކުރުމަކީ އޭނާއަށް ހައްޖަށް ދިއުމުގެ ތަނަވަސްކަން ލިބުންކަމަށް ދެކިގެން ނުވާނެއެވެ. އަމިއްލަ ނަފްސާއާއިމެދު ފުރަތަމަ ޖަޖްކޮށްލައްވާށެވެ. ދެން ތިބާއަކީ ހައްޖަށްދިއުމުގެ ބަދަލުގައި ލާރިތައް ހިފައިގެން ޗުއްޓީހަދަ ބޭރުދަތުރުކޮށް އަޗާތަޅައި ލާރިތައް ބުރުވައިލާފައި އައިސްފައި ހުރިމީހެއްތޯ ޚިޔާލުކޮށްލައްވާށެވެ. ނިކަމެތި ފަގީރުންގެތެރެއަށް މަކަރު ހަދައިގެން ވަދެ ހައްޖު ކުރަން ފުރުސަތު ހޯދާ މީހާގެ ކަންކަން ދެނެވޮޑިގަތުން ބޮޑީ الله އެވެ. ތިބާ އޭނާ ތި ޖަޖްކުރާގޮތަކީ ނުބައި ޖަޖްކުރުމަކަށް ވެއްޖެނަމަ އަމިއްލައަށް ހޯދައިގަންނަ ކޮންފަދަ ބޮޑު މުސީބާތެއްތޯއެވެ.

ހައްޖުވެރިންނާއެކު  ހައްޖުކުރަން ގޮސް ސަރުކާރުގެ ފައިސާއިން ޚަރަދު ކޮށްގެން ހައްޖުކުރަން ކަމުގޮސްފައި ސަރުކާރުގެ ޚަރަދުގައި ހައްޖުކުރި އަޅުގަނޑުމެންގެ މައިންބަފައިންގެ ހައްޖަށް މަލާތްމާތް ލިބޭގޮތަށް ޥާހަކަ ދެއްކުމަކީ ފަހަރުގައި ފިތުނައަކަށްވެސް ދެވާނެ ނޫންތޯއެވެ. މައްސަލައަކަށް މިހާރު ވެގެންތިއުޅެނީ ރިޔާސީ އިންތިޚާބުގެތެރޭގައި ވެރިކަމަށް ރައްޔިތުން ހޮވައިފިނަމަ ސަރުކާރުން ޚަރަދުކޮށްގެން 1000 ދިވެހި ނިކަމެތި ރައްޔިތުން ހައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެން އެކަންކުރައްވާތީ ނޫންހެއްޔެވެ. ސަރުކާރުން ޚަރަދުކޮށްގެން ރައްޔިތަކު ހައްޖަށް ފޮނުވާކަށްނުވާނެއެވެ. އެކަމަކު މުއްސަނދި ތަނަވަސް ފޯރާ މީހަކަށްވެހުރެ ދައުލަތުގެ ފައިސާއިން ނިކަމެތި ރައްޔިތުންނަށް ދީފައި ހުންނަ ސަބްސިޑީން ކައިބޮއި ހަދައި އުޅެން އެންމެ ރަނގަޅެވެ.

ކޮމެންޓް
ދިވެހިން
ނިކަމެތި މީހުން ފޮނުވަންވީ ނިކަމެތިންގެ ނަމުގައި މަހުޖަނުންނަށް މިއަހަރު ދިނީ ކިއުގަނުޖައްސާ މައުމޫނުގެ ވެރިކަމުގައި މިހާދިގު ކިއުއައްނެއް. ކިއުގަތިބިމީހުންނަކީ މުސްކުޅިންބަލިމީހުން ގިނައީ
09 Jun 2024
ޖުވޭ
ހަމަ އެއްތާކު މި ޖެހުނީ. އެ ވާހަކަ ދެއްކި މީހުންނަށް ރީތިބަހުން އެއްޗެހި ގޮވާފަ ލިޔުން ނިންމާލި.
09 Jun 2024
ތަބޭ
ކެރިކުޅަދާނަކަން ނެތްނަމަ ހައްޖު ވާޖިބެއް ނުވާނެ. ވެރި ސިމްޕަލް
09 Jun 2024
ގަލަން
ތަބޭ، ދައުލަތުން ފަޤީރުގެ ޙައްޖު ޚަރަދުގައި ހިފުމުން ކެރިކުޅަދާނަކަން ލިބުނީ. ދެން ޙައްޖުވުން ވާޖިބުވާނެ. ވެރި ސިމްޕަލް
09 Jun 2024
ނަޞީރު
ނަފުރަތު ފަތުރާ ޢިލްމު ވެރިންނަށް އެމީހުން ފިޔަވާ ެއެހެން މީހަކަށް ހެވެއް ނޭދޭނެ އެވެ. މިއީ ކޮން ވަތަރެއްގެ ޢިލްމު ވެރިންނެއްތަ
10 Jun 2024
އއއއރ
ވަރަށް ޒާތީވެގެން ލިޔެފައިވާ ހަގީގަތާއި ދުރު ލިޔުމެއް. ޒާތީ ހަސަދަވެރިކަމާއި ދުރުވެ ނޫސްވެރިކަމަށް ރުޖޫއަ ވުމަށް ނަސޭހަތްތެރިވަން.
10 Jun 2024
ވާޖިބު
ދައުލަތުން މިއުޅެނީ ހައްޖު ވާޖިބުވެފަ ތިބިމީހުންވެސް ނުގެންދެވިގެން. ދެންކީއްކުރަން ދައުލަތުން ޚަރަދުކޮއްގެން އިތުރުބަޔަކަށް ހައްޖުވާބު ކުރުވަންވީ. އަދި އެމީހުން ކިޔުގަ ނުޖައްސާ މިގެންދަނީ.
10 Jun 2024
ކިތަންމެ
އެހެން ނަމަވެސް އެކަން ވާޖިބުވެ ކިއުގައި ޖެހިފައި ހުންނަ މީހާގެ ހައްގު ކޮބާ؟ އޭގެ ތެރެއިން މީހަކު ނިޔާ ވުމުން އޭނައަށް ހައްޖު ނުކުރެވި އެދިޔައީ.
11 Jun 2024
ސަލާން
ހައްޖުގެ އަޅުކަން އަދާކުރަން އިންނަނީ ބައެއްގެ ގާތު ސަލާންޖަހައިގެންއެއް ނޫން އެއީ ކެރިކުޅަދާނަ ވެގެންވާ މީހާއަށް ވާޖިބު ކޮއްފައިވާ އަޅުކަމެއް
12 Jun 2024
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.