އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ރޭ ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގެތެރެއިން
ރިޕޯޓް
10 Jun 2024 | 15:00
ބޮޑުވަޒީރު މޯދީއަރިހުގައި ޖެހިގެން ރައީސް މުއިއްޒު އިންނެވުމަކީ ފާހަގަކުރެވޭ ކަމެއްތަ؟

މި ދެތިން ދުވަހަކު އިންޑިއާގެ މީޑިއާތަކުގެ ސުރުޚީތަކުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚަބަރުތައް ފާޅުވަމުން އެބަދެއެވެ.

މީގެކުރިން ސިފަކުރަމުންދިޔަ އެންޓި އިންޑިޔާ ރައީސެއްގެ ގޮތުގައެއް ނޫނެވެ. އިންޑިއާގެ ބޮޑުވަޒިރުކަމަށް އަލުން ހޮވިވަޑައިގެންނެވި ބޮޑުވަޒީރު މޯދީ ރައީސް މުއިއްޒު އޭނާއަށް މަރްހަބާ ވިދާޅުވުމުން ރައްދުގައި ވިދާޅުވި ރަހްމަތްތެރިކަން ދައްކައިދޭ ބަސްފުޅާއެކު އިންޑިއާގެ މީޑިއާގެ ބަސްމަގަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ފާހަގަ ކުރެވެއެވެ. މޯދީ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި އަދި އަގުހުރި ބައިވެރިއެއް ކަމުގައި އިންޑިއާއިން ދެކޭކަމުގައެވެ.

ބައެއް މީޑިއާތަކުން ސިފަކުރި ގޮތުގައި ދެގައުމުގެ ދެމެދުގައި ގުޅުންތައް ހީނަރުވެދިޔަ ދުވަސްކޮޅަކަށްފަހު ދިވެހިރާއްޖެ އަލުން މިވަނީ ރަނގަޅު މިސްރާބަކަށް އެބުރިފައެވެ. އިންޑިއާގެ ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ބައިވެރިވެވަޑައިގަންނަވާކަން ހާމަވީ ތަންކޮޅެއް  ފަހުންނެވެ. ދެކުނުއޭޝިޔާގެ އެހެން ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަން ފުރަތަމަ ހާމަކުރިއިރު ދިވެހިރާއްޖޭގެ ރައީސްގެ ވާހަކައެއް ނީވެއެވެ. އެހެންވީމާ ހީކުރެވުނީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ގޯސްވެފައިވާ ކަމަށެވެ.

ބޮޑުވަޒީރުގެ ދައުވަތުގެ ސިޓީ ރައީސް ޑޮކްޓަރ މުއިއްޒަށް އެރުއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ރައީސް އޮފީހަށް ވަޑައިގެން ރައީސާއި ބައްދަލު ކުރައްވައެވެ.

ހޮނިހިރު ދުވަހު ރައީސް މުއިއްޒު ނިއުދިއްލީއަށް ވަޑައިގަތުމުން ސަރަހައްދުގެ އެހެން ގައުމުތަކުގެ ލީޑަރުންނަށް ކީޔާފައިވާ ރަތްދޫލައިގެ މަރްހަބާއެއް ކިޔުނެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ރައީސަކު އިންތިޚާބުވުމަށްފަހު އެންމެ ލަސްކޮށް އިންޑިއާއަށް ވަޑައިގެންނެވި ފަހަރެވެ.  މުއިއްޒު ނިއުދިއްލީއަށް މިވަޑައިގަތީ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިތާ 7 މަސް ދުވަސްފަހުންކަމުގައި ވިޔަސް މިދަތުރުފުޅުން ދެގައުމުގެ ގުޅުން ތާޒާފެށުމަކުން އަލުން ފެށިގެންދިޔައީ ކަމަށް އެގައުމުން ބުނެއެވެ.

ކުޑަކުޑަ ދިވެހިރާއްޖެއަށް ތައުރީފު ހައްގެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ދޫނުދެއްވައި ކުރެއްވި މަސައްކަތްޕުޅަށް ދުނިޔޭގެ ސަމާލުކަން އޮތީ ހުއްޓިފައެވެ. ވޭތުވެދިޔަ ތާގައި އިންޑިއާއިން ދިވެހިރާއްޖޭގައި ފައިވިއްދާފައި އޮތް މިންވަރުން އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހައިން ހަގީގަތަކަށް ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ދަތިވިޔަސް އެކަން ބަދަލުވެއްޖެއެވެ. ވެރިކަމަށް ވަޑައިގެންނެވިތާ 6 މަސްދުވަހުގެތެރޭގައި އިންޑިއާ ސިފައިންގެ އެންމެން ދިވެހިރާއްޖެއިން ބާލައި ނިމުނީކަން އިންޑިއާ ސަރުކާރުން މިހާރުވަނީ އިއުލާންކޮށްފައެވެ.

އެންޑީޓީވީގެ ތަޖުރިބާކާރު ޕްރެޒެންޓަރ ވިޝްނޫ ސަމް އޭނާގެ އޮޕީނިއަން ކޮލަމްގައި ބުނެފައިވަނީ އޭނާގެ ނަޒަރުގައި ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވުނު ސަރަހައްދުގެ ލީޑަރުންގެ ތެރެއިން އެންމެ ފާހަގަކުރަންޖެހޭ ބޭފުޅަކީ ރާއްޖޭގެ ރައީސް ޑޮކްޓަރ މުއިއްޒު ކަމަށެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ ރޭ ރާސްޓްރަޕަތީބަވަންގައި ބޭއްވި ރަސްމީ ފަރިއްކޮޅުގައި ބޮޑުވަޒިރުގެ ވާތްޕުޅުފަރާތުގައި ޖެހިގެން ރާއްޖޭގެ ރައީސް މުއިއްޒު ބޭންދެވުމަކީ ސީރިއަސް ވާހަކަފުޅުތަކެއް ދެބޭފުޅުންގެ ދެމެދުގައި ބަދަލުކުރުން ކަމަށް ދައްކައިދޭ ކަމަށެވެ. އެގައުމުގެ އެހެން ޓީވީ ޗެނަލެއްކަމުގައިވާ ނިއުސް 18 އިން ސިފަކުރީ ދެލީޑަރުން ޖެހިޖެހިގެން އިށީނދެވަޑައިގެން ތިއްބެވުމަކީ ދެގައުމުގެ ގުޅުމުގެ އާ ޗެޕްޓަރެއް ފެށިގެންދިއުން ކަމަށެވެ.

މިހާތަނަށް ސަރަހައްދުގެ ބޮޑުބާރު އިންޑިއާއިން އެގައުމުގެ އަވަށްޓެރިން ސިފަކުރަމުންދިޔައީ އިންޑިއާގެ ބެކްޔާޑުގެ ގޮތުގައެވެ. އިންޑިއާއިން ކާންދިނީމާ ކައިގެން ބޯންދިނީމާ ބޮއިގެން ބަސްއަހައިގެން ތިބެންޖެހޭ ނިކަމެތި ބައެއްގެ ގޮތުގައެވެ.

ނެއިބަރހުޑް ޕޮލިސީއޭ ކިޔަސް ނުވަތަ އެހެން ނަމެއް ކިޔަސް އެގައުމުގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި އޮތީ މިދެންނެވި ގޮތަށެވެ. އެކަމަކު އެއީ މިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ވެރިކަމަށް އާ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު އިންތިޚާބުވަންދެނެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުން ދިވެހިންނަށް އެއްކަމެއް އެނގި ސާފުވެއްޖެއެވެ. އަވަށްޓެރި އިންޑިއާއާއި ގާތްގުޅުމެއް އުފައްދަން ދިވެހިންގެ މަސްލަހަތު ގުރުބާންކުރަން ނުޖެހޭ ކަމެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ މަސްލަހަތު ކުރިއަށް ނެރެގެންވެސް ގައުމުތަކާއި ގާތްގުޅުމެއް ބޭއްވިދާނެ ކަމެވެ. އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ބާލަން އެދުމަކީ އިންޑިއާގެ ދުޝަމަނެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދިއުން ނޫންކަމެވެ. ރައީސް މުއިއްޒަކީ އިންޑިއާގެ ދުޝްމަނެއްކަމަށް އިންޑިއާއިންވެސް ނުދެކޭ ކަމެވެ. އިންޑިއާއިން ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު ރައީސް މުއިއްޒު އިންޑިއާގެ ޓޮޕް ޑިޕްލޮމޭޓް ޖެއިޝަންކަރާއި ބައްދަލު ކުރައްވާފައި ވެއެވެ. 

މިއަދު ދިވެހިރާއްޖެއިން މިސާލު ނަގައިގެން ސަރަހައްދުގެ އެހެން ގައުމުތަކުން މަސައްކަތްކުރާތަން ފެނެއެވެ. ބަންގްލަދޭޝްގައި އެމެރިކާއިން އަސްކަރީ ބާރު ވަރުގަދަ ކުރަން ވާހަކަ ދައްކަން ފެށުމުން އެގައުމުގެ ސަރުކާރުން ދެކޮޅުކަން ފާޅުކޮށްފިއެވެ. ބޮޑުވަޒިރު ޝެއިޚް ޙަސީނާ ވިދާޅުވީ ބޭރުގެ ބާރުގަދަ ގައުމެއްގެ އަސްކަރީ މަރްކަޒެއް ހަދަން އެގައުމުގެ ރަށެއް ކުއްޔަށްދޭން އެއްބަސްވެއްޖެނަމަ އިންތިޚާބުގައި ވެރިކަމަށް ހޮވައިދީ ފައިސާދޭން ގައުމަކުން ހުށަހަޅާފައިވާ ކަމަށެވެ. އެހުށަހެޅުމާއި އެގައުމުގެ ސަރުކާރު ދެކޮޅެވެ. ބަންގްލަދޭޝްގެ މިނިވަންކަމާއި ސޔާދަތަށް ބުރޫއަރާފާނެކަމަށް ފެނިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.