ހަބަރު
10 Jun 2024 | 21:24
މާފަރު އެސްއެމްޑީ ޖަމިއްޔާއިން ޢީދު ފާހަގަކުރުމަށް މަދަހަ މުބާރާތެއް ބާއްވަނީ؛ މުބާރާތުގެ އެއްވަނައަށް ބެޑްރޫމް ސެޓެއް!

ކުރިއަށް އޮތް ބަރަކާތްތެރި އަޟުޙާ ޢީދު ފާހަގަ ކުރުމަށް ނ. މާފަރުގައި މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މާފަރުގެ ސޮސައިޓީ ފޯ މާފަރު ޑިވޮލަޕްމަންޓް، އެސްއެމްޑީގެ ފަރާތުން، ޖޫން މަހުގެ 18،19 އަދި 20 ވަނަ ދުވަހު ބާއްވާ މި މުބާރާތުގަައި ބައިވެރިވުމުގެ ފުރުސަތު ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގުރޭޑް 10 އާއި ހަމައަށް ހުޅުވާލެވުފައިވާއިރު، 16 އަހަރާއި 35 އަހަރުގެ އުމުރުފުރާ އަދި 35 އަހަރުން މަތީގެ އުމުރުފުރާގެ ބޭފުޅުންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް އެ ޖަމިއްޔާއިން “ވޮއިސް” އަށް މައުލޫމާތު ދީފައިވެއެވެ.

އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޖޫން 12 ވަނަ ދުވަހުގެ ރޭގެ 11:59 އާއި ހަމައަށް އެ ފުރުސަތު ހުޅުވާލެވުފައިވާ ކަމަށާ ބައިވެރިވުމަށް، އެފަރާތެއްގެ ނަމާއި އުމުރު 9732390 އަށް އެސްއެމްއެސް ނޫނީ ވައިބާ ކޮށްލުމަށް އެ ޖަމިއްޔާއިން އެދެއެވެ. އަދި އެސްއެމްއެސް ކޮށްލުމުން މުބާރާތުގެ ގަވާއިދާއި އެހެނިހެން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

ވަކި ވަކި މަދަހައިގެ އިތުރުން ގުރޫޕް މަދަހަ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ މި މުބާރާތުގެ ވަނަވަނަ އަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމްތައްވެސް ވަނީ ކަނޑައެޅިފައެވެ. 

އެގޮތުން ކަނޑައެޅިފައިވާ އިނާމް ތަކަކީ؛

* މުޅި މުބާރާތުން 1 ވަނަ އަށްދާ ފަރާތަށް ބެޑްރޫމް ސެޓެއް

* މުޅި މުބާރާތުން 2 ވަނަ އަށްދާ ފަރާތަށް 50 އިންޗީގެ ޓީވީއެއް

* މުޅި މުބާރާތުން 3 ވަނަ އަށްދާ ފަރާތަށް ފްރޮންޓް ޑޯ އޮޓޮމެޓިކް ދޮންނަ މެޝިނެއް

* ގުރޫޕް މަދަހައިން 1 ވަނަ އަށް 1500 ރުފިޔާގެ ފައިސާގެ އިނާމް

* ގުރޫޕް މަދަހައިން 2 ވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމް

* ގުރޫޕް މަދަހައިން 3 ވަނަ އަށް 700 ރުފިޔާގެ ފައިސާގެ އިނާމް

މީގެ އިތުރުން، ވަކިވަކި އުމުރު ފުރާއިން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ޓްރޮފީ ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެސްއެމްޑީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. 

މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނީ މާލެއިން ގެންނަ، މަދަހަ ކިޔުމާއި އެ ފަންނުގެ ތަޖުރިބާކާރުން ކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. 

“މިއީ ޢީދުގައި އެންމެން ޝާމިލު ކޮށްގެން، ކުދި ބޮޑު އެންމެނަށްވެސް ބައިވެރިވެވޭނެ ގޮތަކަށް ޢީދު ފާހަގަކުރުމަށް އަޅުގަނޑުމެން ރާވާފައިވާ މުބާރާތެއް.  މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް މިހާރުވެސް ލިބެމުން އަންނަކަން ފާހަގަކޮށްލަން. އަޅުގަނޑުމެންގެ އެދުމަކީ ވޭހާވެސް ގިނަ ބަޔަކު މީގައި ބައިވެރިވުން.” މުބާރާތް އިންތިޒާމް ކުރާ އެސްއެމްޑީ ޖަމިއްޔާއިން ބުނެފައިވެއެވެ. 

މާފަރުގެ މި މަދަހަ މުބާރާތަކީ “އެހީ” ޖަމިއްޔާ އާއި ރެޑް ބޮކްސް އިންޓަނޭޝަނަލް ގެ އެޙީއާއި ކުރިއަށް ގެންދާ މުބާރާތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.