ޕީއެންސީ ހައުސް ހުޅުވުމުގެ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ދިޔަރެސް
ހަބަރު
23 Jun 2024 | 23:38
ޕީއެސްއައިޕީ ބަޖެޓް ގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ ގެދޮރު ބިނާކުރަން: ރައީސް ޑރ.މުޢިއްޒު

މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ބޮޑު ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަ ކުރާ ފައިސާގެ ތެރެއިން 50 އިންސައްތަ ހޭދަކުރާނީ ގެދޮރު ބިނާ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޕީއެންސީ މައިޖަގަހަ ، ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތީ ބޮޑު ދެ ވައުދު ކަމަށާއި އެއީ ގެދޮރުވެރިކަން ހޯދައިދިނުމާއި ވަޒީފާގެ ވައުދު ކަމަށެވެ.

ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގެދޮރުވެރިކަމުގެ ވައުދަކީ އެންމެ ބޮޑު ވައުދު ކަމަށާއި އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް ތަކުރާރު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރަށް މި ސަރުކާރުން ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގެވުމަށް ކަމަށެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މަދުވެގެން 50 އިންސައްތަ ކަނޑައަޅާނީ ކޮންމެ އަހަރަކު ގެދޮރު ބިނާކުރުމަށް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ އެމަނިކުފާނުގެ ސަރުކާރުން އެކުލަވާލި ބަޖެއްޓެއް ނޫންކަމަށާއި، މަޝްރޫޢުތައް މިއަހަރު ރަނގަޅަށް ނުފެށިގެން އުޅެނީ މިއަހަރުގެ ބަޖެޓްގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އެކަށީގެންވާ މިންވަރަށް ފައިސާ ޖަހާފައި ނެތުމުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން އެހެން އޮތްނަމަވެސް މިފަސްއަހަރު ނިމޭއިރު އެމަނިކުފާނުގެ ވައުދުފުޅުތައް ރަނުންރަނަށް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.