ރޭގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ/ ޕީއެންސީ
ހަބަރު
24 Jun 2024 | 07:18
ބޮޑު އިންޓަރެސްޓް ރޭޓްގައި ލޯނު ނުނަގައި، ބޭރުގެ ދަރަނީގެ 2.7 ބިލިއަން ރުފިޔާ ދެއްކިއްޖެ: ރައީސް މުޢިއްޒު

ބޮޑެތި އިންޓަރެސްޓް ރޭޓްގައި ލޯނު ނުނަގައި، ބޭރުގެ އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ 2.7 ބިލިއަން ރުފިޔާ، މިވީ 7 މަސް ދުވަހުގެ ތެރޭގައި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ހަތް މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ގޮތުން ލިބިވަޑައިގެންނެވި ބޮޑެތި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ދިވެހި އެކި ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކައި އޮތް ކަމަށާ، އެހެން ނަމަވެސް، ވެރިކަމުގެ މިވީ ދުވަސއކޮޅުގެ ތެރޭގައި އެއިން 4 ބިލިއަން ރުފިޔާގެ ދަރަނި ޚަލާސް ކޮށްފައިވާ ކަމަށެވެ.

9 ބިލިއަން ރުފިޔާގެ ތެރެއިން، ފައިސާ ޗާޕްކުރުން ހުއްޓާލައި، ބޮޑު އިންޓަރެސްޓް ރޭޓްގައި ލޯނު ނުނަގައި، 4 ބިލިއަން ރުފިޔާ އެކިއެކި ކުންފުނިތަކަށް ދައްކައިފިން. އަދި ހަމަ އެއާއެކު ސަރުކާރުގެ އެކިއެކި ކުންފުނި ތަކަށް 7ބިލިއަން، ޖުމްލަ 11 ބިލިއަން ރުފިޔާ ދައްކައިފިން.   ފައިސާ ޗާޕު ނުކޮށް، އާމްދަނީގެ ގޮތުގައި ލިބުނު، ބޭރުގެ ދަރަނީގެވެސް 2.7 ބިލިއަން ރުފިޔާ، އެންމެ ލޯނެއްވެސް ޑީފޯލްޓް ނުވެ، ދައްކަމުން މިއައީ. އެހެންވީމާ ގާތްގަނޑަކަށް  13 ބިލިއަން ރުފިޔާ މި 7 ތެރޭގައި މިއޮތީ ދައްކާފައި،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 

ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށާ އެހެން ނަމަވެސް، ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި  54 މިލިއަން ޑޮލަރު އެ ފަންޑަށް ވަނީ ޖަމާކޮށްފައެވެ. އަދި ސަރުމާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު އެ ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވަނީ، އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އައު ރިސޯޓްތައް ހުޅުވުމާއި، އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް އަވަސް ކޮށްފައުވާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.