މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް: ފޮޓޯ/ޕީއެންސީ
ހަބަރު
26 Jun 2024 | 10:23
މި ސަރުކާރުން ފައިސާ ޗާޕް ކުރާކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް: އަޒާން

މި ސަރުކާރުންވެސް ފައިސާ ޗާޕް ކުރަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ދައްކަވާފައިވަނީ ހަޤީގަތާއި ޚިލާފް ވާހަކަ ތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ވިދާޅުވެއްޖެއެވެ. 

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ޖޫން 24 ވީ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ވާހަކަ ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުން ފައިސާ ޗާޕްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

މިއަދުގެ ހިސާބަށް ބަލައިނަމަ، 'އެޑްވާންސެސް ޓު ދަ ގަވަމެންޓް' އަށް އުޅެނީ 14.7 ބިލިއަން ރުފިޔާ ކަމަށާއި އެހެންވީމަ މިއައީ އެއްކަލަ 13.7 ބިލިއަން. އެހެންވީމަ އެމްއެމްއޭއިން ބޮރޯ ކޮށްގެން މި އުޅެނީ. މިގޮތަށް ނަގައިފި ކަމަށް ވަންޏާ އެއީ ހަމަ ފައިސާ ޗާޕު ކުރުން. އެއް ނަތީޖާއެއް އެއީ. ފައިސާ ޗާޕު ނުކުރަމޭ ވިދާޅުވެގެން ދައުލަތް ހިންގާ ގޮތަކީ އެއީ. އިގްތިސޯދީ ނަތީޖާއަކީ އެއީ ފައިސާ ޗާޕުކުރުން. އެމްއެމްއޭއަކުން ސަރުކާރުން ލޯނު ނަގައިގެން މިގޮތަށް ސަރުކާރެއް ނުހިންގޭނެ. އެއީ ގޯހެއް،"

"އެހެންވީމާ ފައިސާ ވެސް އެހުރީ ޗާޕުކޮށްފައި. އެއީ ޗާޕުކޮށްގެން ބޭރުން ގެނައީކީ ނޫން. ޗާޕުކޮށްގެން ގެނެސް އެމްއެެމްއޭގައި ބަހައްޓާފައި ހުރި ފައިސާ ނަގައިގެން މި އުޅެނީ. އެހެންވީމާ އެއީ ޗާޕުކުރި ފައިސާ. އެމްއެމްއޭގެ ރިޒާވުގައި މިހުރި ފައިސާއަކީ ބޭންކުތަކުން ބަހައްޓާ ބޭންކުތަކުގެ ޑިޕޮސިޓެއް ނޫން." ޔާމީން ވިދާޅުވިއެވެ. 

ޔާމީންގެ ވާހަކައާއި ގުޅިގެން، ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޒާން ވަނީ ރައީސް ޔާމީންގެ އެ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ވާހަކަ ތަކެއް ކަމަށް ވިދާޅުވެފައެވެ. 

ރައީސް މުޢިއްޒުގެ ސަރުކާރުން ފައިސާ ޗާޕެއް ނުކުރޭ. މިއީ ހަމަ ކޮންމެ ބޭފުޅަކަށްވެސް ހަމަ ބަލާލެވޭނެ. އެމްއެމްއޭގެ ވެބްސައިޓުން ކޮންމެ މަހަކުވެސް އާއްމު ކުރާނެ، ސްޓޭޓްމަންޓް އޮފް ފިސްކަލް ޕޮސިޝަން ކިޔާ ޕޭޕަރ އެއް. އޭގައި ހުންނާނެ މި މައުލޫމާތު ވަރަށް ތަފްސީލްކޮށް. އެމްއެމްއޭގެ ފައިސާ ހުރިވަރާއި، ބާޒަރުގައި މިހާރު ދައުރުވަމުންދާ ފައިސާގެ އަދަދާ

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް 

މީގެ އިތުރުން އެޑްވާންސް ޓު ދަ ގަވަރމަންޓް ނަމުގައި ސަރުކާރަށް ފައިސާ ދޫކުރި ކަމަށް ޔާމީން ވިދާޅުވެފައި ވާއިރު، 1 ޖަނަވަރީ މަހުން ފެށިގެން އެމްއެމްއޭއިން އާއްމު ކުރާ ތަފާސް ހިސާބު ތަކުގައި އެނަމުގައި އެއްވެސް ސެކްޝަނެއް ނުއިންނާނެކަމަށް އަޒާން ވިދާޅުވިއެވެ. 

އަޅުގަނޑަށް ހީވަނީ ރައީސް ޔާމީނަށް އެހެން އަހަރެއްގެ ސްޓެޓިސްޓިކެއް ކަންނޭނގެ އެ ފެނުވަޑައިގެން އުޅުއްވަނީ. އެއީ 1 ޖަނަވަރީ 2024 އިން ފެށިގެން އެމްއެމްއޭއިން އާއްމުކުރި އެއްވެސް ސްޓެސްޓިކް ޕޭޕަރެއްގައި އެޑްވާންސް ޓުދަ ގަވަމަންޓް ކިޔާ ސެކްޝަނެއް ނީންނާނެ. އެއީ ސުމެއް. އެޑްވާންސްޓުދަ ގަވަރމަންޓް އެއީ ފައިސާ ޗާޕްކުރާ އަދަދު. އެ އަދަދު ސުމެއްގައި ހުންނާނީ. އެހެންވީމާ ފައިސާ ޗާޕްކުރާ ވާހަކައެއީ ހަގީގީ ވާހަކައެއް ނޫން.

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް 

މީގެ އިތުރުން، ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ގެ ދަށުންވެސް ކޮންމެވެސް ވަރަކަށް، 271 މިލިއަން ރުފިޔާ ސަރުކާރަށް ބޭނުން ނަމަ ނެގޭނެ ކަމަށާ، އެހެން ނަމަވެސް، އެވަރަށްވެސް މި ސަރުކާރުން ފައިސާ ނަގާފައި ނުވާ ކަމަށް އަޒާން ވިދާޅުވިއެވެ. 

އަޒާން ވިދާޅުވީ ފާއިތުވި 4 ވަރަކަށް މަސް ދުވަސް ދިޔައީ ވަރަށް އުނދަގޫކޮށް ކަމަށާ، އެހެން ނަމަވެސް ސަރުކާރުން މަސައްކަތް ކޮށްފައިވަނީ އެ ފައިސާ ނުނަގައި، ބޮންޑާއި ޓީ ބިލް ވިއްކައިގެން ފައިސާ ހޯދަން ކަމަށެވެ. 

ކޮމެންޓް
ފާތުން
ކަލޭ ތީ މިގައުމުގާވެސް އެންމެތެދުހަދާމީހާ ބޭކާރުއަގަނާރުވާ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދާ ކަލެއަށްވުރެގިނަދޮގުހެދިފަހުރި ބުރައެއް މިގައުމުގަވެސްނެތް ފުރަތަމަ ކުއްތަކަތައުބާވޭ
26 Jun 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.