ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އާއްމުން ކުރަމުންދާ މުޒާހަރާ-- ފޮޓޯ: ދިޔަރެސް
ހަބަރު
01 Jul 2024 | 15:17
ޕީޖީ ޝަމީމު މަގާމުން ވަކިކުރުމަށް ގޮވާލައި މަޖިލިސް ކުރިމަތީ މުޒާހަރާ ކުރަނީ

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އާއްމުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ކުރިއަށްދިޔަ މި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ވަނީ  ޕީޖީ ޝަމީމަކީ ލާދީނީ ފިކުރުގެ މީހެއް ކަމަށާއި އޭނާގެ މަޤާމުގެ ޒިންމާ އަދާނުކުރެވޭކަމަށް ބުނެ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ހަމައެއާއިއެކު، ޕީޖީ ޝަމީމް އަކީ ވެސް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު އެމްޑީއެންގެ ބޭފުޅެއް ކަމަށާއި، އޭނާއަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުންވެސް، ވާނުވާ އުވާލައި، ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއިރު، އެފަރާތްތަކުން ވަނީ އެކި ކޭސްތަކުގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާއި މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ވަރަށް ފަހުން ބަޔަކު ޕީޖީ ޝަމީމަށް ހަމަލާ ދީފައިވާއިރު، އޭގެ ފަހުން އެބޭފުޅާގެ ސެކިއުރިޓި ވަރުގަދަކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ޝަމީމް ޕީޖީ ގެ މަގާމަށް އައްޔަނުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.