މިރޭގެ ޕީއެންސީ ހަރުގެ ޖަލްސާގައި މުހައްމަދު އިސްމާޢީލް ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީއެންސީ
ހަބަރު
07 Jul 2024 | 23:02
ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އެންމެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވީ ރައީސް މުޢިއްޒު: މުހައްމަދު

ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ޖަލްސާ ތަކުގެ ރައީސް ޔާމީނާއި އެ ޕާޓީގެ އިސް މެންބަރުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން ރައީސް މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހު، ދިވެހި ގައުމީ ދިދަ އަށް މުޚާތަބު ކުރައްވައި، “އޭ މިހިރަ ދިދަޔާއޭ” ވިދާޅުވެ ދެއްކެވި ވާހަކަ ތަކަށް ފާޑުވިދާޅުވަމުން، ރައީސް ޔަާމީން ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން މުހައްމަދު އިސްމާައީލް، ވުދާޅުވީ، އެފަދައިން ރައީސް މުޢިއްޒު ވިދާޅުވީ ސަބަބެއް އޮވެގެން ކަމަށެވެ. 

“މިގައުމުގެ ސިޔާދަތާއި، މިނިވަންކަމާއި އިސްތިގުލާލަށް އެންމެ ހަރުދަނާ ފިޔަވަޅެއް އެޅުއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުކަން ދިވެހި ރައްޔިތުންނަށް ސާފު ވާނެ. ދަމާލި ރޮނގު، ފަލަކޮށް ދަމާލައި، މިއަދު އިންޑިޔާ ސިފައިން މިގައުމުގައި ނުތިބޭނެކަން، ރާއްޖޭގެ ރައްޔިތުންނަށް އެބަ އެނގޭ. އެއީ ނޫންތޯ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. އަޅުގަނޑުމެންގެ ފައުމުންނޭ ގައުމުގެ ކަންކަން ނިންމާނީ ބުނާ ބުނުން މިއަދު ރައްޔިތުން އެބަ ގަބޫލު ކުރޭ. އެބޭފުޅުން އަރައި، ޖޯކަކަށް އެވާހަކަ ދައްކާއިރު އަޅުގަނޑު މެންނަށްވެސް އެ ވާހަކަ ދެއްކޭނެއޭ.”

މުހައްމަދު އިސްމާޢީލް

މިއާއެކު މުހައްމަދު ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާތަކުގައި، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ޖަމާލް ދައްކަވަމުންދަނީ ބުހުތާނު ދޮގު ވާހަކަތައް ކަމަށެވެ. އަދި އެފަދައިން ވާހަކަ ދައްކަވައިގެން މުޅި ގައުމު ފަސާދަ ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

“އަޅުގަނޑުމެންދަމާ އޮތް ރޮނގު (އެއީ) ޗައިނާ ބޮޑު ފާރަށްވުރެވެސް ފަލަ ރޮނގެއް ދަމާފަ އެ އޮތީ. ލާހިކެއްނޫން ތިޔަ ޖަމީލަކަށް، މަލީހަކަށް އެ ރޮގުން އަރާކަށް. ކުޅަދާނަ ކަމެއް ނޫން. މި ގައުމު ފަސާދަ ކުރާކަށް ދެނެއް ތިމީހުންނަކަށް ފުރުސަތެއް ނުދޭނަން. 

މުހައްމަދު އިސްމާޢީލް

މުހައްމަދު ވިދާޅުވިގޮތުގައި، ޑރ ޖަމީލަކީ ރާއްޖެއަށް ފައުދާވާ އެއް ކަމެއްވެސް ކުރެއްވި ބޭފުޅެއް ނޫނެވެ. ބަދަލުގައި އެމަނިކުފާނު މަސަައްކަތް ކުރެއްވީ އަމިއްލަ ޖީބު ބޮޑު ކުރައްވައި، ކޮއްކޮ މަލީހަށް މިނިސްޓަރުކަން ހޯއްދަވައި ދެއްވުމަށް ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް މިރޭގެ ޖަލްސާގައި މުހައްމަދު ވަނީ، ޕީއެންއެފްގެ އިސް ބޭފުޅޫންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.