އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
15 Jul 2024 | 11:10
ވިލުފުއްޓާއި އިތުރު ދެ އެއާޕޯޓެއްގެ ބިން ހިއްކަން ހަވާލުކޮށްފައި އޮތީ، އާއްމު އަގަށްވުރެ ބޮޑު އަގެއްގައި: މުއްޠަލިބު

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، ވިލުފުށްޓާއި އިތުރު ދެ ރަށެއްގައި އެއާޕޯޓް އަޅަން ހަވާލުކޮށްފައި އޮތީ، އާއްމު ގޮތެއްގައި އެއާޕޯޓް އަޅާ އަގަށްވުރެ ބޮޑު އަގެއްގައި ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދުވަނީ ދާއިރާ ރަށްތަކުގައި ކުރިއަށްދާ  މަޝްރޫޢުތަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

އެގޮތުން، ބުރުނީގެ މަގުތަކުގެ މަސައްކަތް ނިމޭނެ އިރަކާއި، މަޑިފުށީގެ މަގުތަކުގެ މަސައްކަތް އަލުން ފެށޭނެ ތާރީޚެއްގެ އިތުރުން، ވިލުފުށީ އެއާޕޯޓްގެ މަސައްކަތް ފެށޭނެ ތާރީޚަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، މިހާރު ނުފެށި ހުރި މަޝްރޫޢުތަށް ފެށުމަށް ދައުލަތުގެ ބަޖެޓްގައި ހުރި މިންވަރު ބަލައި، މަޝްރޫއުތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަަށެވެ. އަދި އެކަން ކުރެވުމުން މަސައްކަތް ފެށޭނެ ތާރީޚް އެނގިގެންދާނެ ކަމަށެވެ. 

ވިލުފުށީ އެއާޕޯޓާއި އެހެން ދެ އެއާޕޯޓެއްގެ ބިން ހިއްކުމުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރެވި، ބަންޑު އެޅުމުގެ މަސައްކަތް ކުރެވިފައި އޮތީ. އެހެން ނަމަވެސް އެބޭފުޅުންނަށްވެސް އެޑްވާންސް ޕޭމަންޓެއް ދީފައެއް ނެތް. އަޅުގަނޑުމެން ބެލި އިރު، ބިން ހިއްކަން ހަވާލު ކޮށްފައި އޮތީ، ބިންތައް ހިމާޔަތްކުރުމުގެ ޝޯ ޕްރޮޓެކްޝަން އެއްވެސް ބައެއް ނުހިމަނައި. އެހެންވީމާ މިހާރު ބިން ހިއްކުން ކުރިއަށް ގެންގޮސްފިނަމަ ވެލިގަނޑު ގިރާލާ މައްސަލަ ކުރިމަތިވެދާނެ. ބަޖެޓްގައި ނެތް ފައިސާއަކުން ޝޯޕްރޮޓެކްޝަން ވަކިން ހަވާލުކުރަން އުނދަގޫވާނެ. 

ވަޒީރު އަބްދުالله މުއްޠަލިބު 

މިއާއެކު ވަޒީރު ވަނީ އެ ތިން އެއާޕޯޓްގެ މަސައްކަތް ހަވާލުކޮށްފައި އޮތީ އާއްމު އުސޫލުން ބިން ހިއްކަން ހަވާލުކުރާ ވަރަށްވުރެ އަގު ބޮޑުކޮށް ކަމަށެވެ. 

ފާހަގަކުރެވުނު، އާއްމު އުސޫލުން ބިން ހިއްކަން ހަވާލުކުރާވަރަށްވުރެ އަގު ބޮޑުކޮށް ބިން ހިއްކަން ހަވާލުކޮށްފައި އޮތް ކަމަށް. ގާތްގަނޑަކަށް ތިން ރަށެއްގެ އެއާޕޯޓް ހިއްކުމަށް 43 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލު ކުރެވުފައި އޮތީ 

ވަޒީރު އަބްދުالله މުއްޠަލިބު

މިއާއެކު ވަޒީރު ވިދާޅުވީ އެ އެއާޕޯޓް ތަކުގެ މަސައްކަތް ކުރިއަށް ގެންދޮޔުމަށް ކޮންޓްރެކްޓަރާއި ވާހަކަ ދައްކަވަމުންދާ ކަމަށެވެ. އެކަން ކޮންޓްރެކްޓަރަށް ކުރިއަށް ނުގެންދެވޭ ނަމަ، މަސައްކަތް ކުރިއަށް ގެންދެވޭނެ އެހެން ގޮތްވެސް ހުރި ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ ހެދިފައި އޮތް ކޮންޓްރެކްޓާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ަ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.