“އެމްޑީޕީ ރޯޑްމެޕް” އަށް ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ފުވައްމުލަކަށް ވަޑައިގަތުން: ފޮޓޯ/ އެމްޑީޕީ⁦‪
ހަބަރު
19 Jul 2024 | 15:08
އެމްޑީޕީގެ މަގުޗާޓަށް ޚިޔާލު ހޯދުމަށް ލީޑަރޝިޕް ފުވައްމުލަކަށް

އެމްޑީޕީގެ ކުރިމަގު ބިނާކުރުމަށް އެކުލަވާލާ "އެމްޑީޕީ ރޯޑްމެޕް" އަށް ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ޕާޓީގެ އިސް މެންބަރުން މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

މި ދަތުރުގައި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްގެ އިތުރުން ޗެއަރޕާސަންގެ ނައިބު އަޙްމަދު ޢަބްދުالله އަދި ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ސިލްސިލާ ދަތުރުތައް ފެށިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެންފައިވަނީ އައްޑޫސިޓީއަށެވެ.

“އެމްޑީޕީ ރޯޑްމެޕް” އަށް ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ⁦‪

މި ދަތުރުތަކުގެ ފުރަތަމަ ބުރުގައި އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީއާއި ހުވަދު އަތޮޅުގެ ހުރިހާ ދާއިރާތަކެއް ހިމެނޭ ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑީޕީން ބުނެއެވެ. 

"އެމްޑީޕީ ރޯޑްމެޕް" އަކީ ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާ މަގުޗާޓެކެވެ. މި މަގުޗާޓު އެކުލަވާލުމަށް ނިންމީ ނިމިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ބޭއްވުނު ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަކުންނެވެ.

މި މަގުޗާޓުގެ މަޤްޞަދަކީ އެމްޑީޕީ އަކީ އިންތިޒާމުވެގެން ހިންގާ މުއައްސަސާއަކަށް ހެދުން ކަމަށާ، މިގޮތުން ޕާޓީގެ އޮނިގަނޑަށާއި އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ރޭވިފައިވާ ކަމަށް ބުނެފައިވެއެވެ. 

މިހާތަނަށް މި މަގުޗާޓު ޕާޓީގެ އެކި ދާއިރާތަކުގެ އިސް ސަފުގައި މަސައްކަތްކުރައްވާ 1000 އަށްވުރެ ގިނަ މެންބަރުންނާ ހިއްސާކޮށް، އެ ފަރާތްތަކުގެ ޚިޔާލު ހޯދިފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނެފައުވާ ގޮތުން މި ސިލްސިލާ ދަތުރުތަކުގެ މައިގަނޑު މަޤްސަދަކީ ޕާޓީގެ ކުރިމަގު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކަކީ އާންމު މެންބެރުންގެ ބައިވެރިވުމާ ހިޔާލާ މަޝްވަރާއާއެކު ކުރެވޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމެވެ. މި ސިލްސިލާގެ ފުރަތަމަ ދަތުރު ނިންމަވާލެއްވުމަށްފަހު ޕާޓީގެ ޗެއަރޕާސަން އަދި ވަފްދު އެނބުރި މާލެ ވަޑައިގަންނަވާނީ 22 ޖުލައި ވާ ހޯމަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.