ރައީސް ޞާލިހުގެ މަންމާފުޅުގެ ޖަނާޒާގެ ތެރެއިން
ހަބަރު
19 Jul 2024 | 16:06
ކުރީގެ ރައީސް ޞާލިހުގެ ޝުކުރު ވަޒީރު ޑރ. ޝަހީމަށް!

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅުގެ ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރައީސް ޞާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޞާލިހުގެ މަންމާފުޅު ނިޔާވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަވަނިކޮށެވެ. ނިޔާވިއިރު އެ ކަމަނާގެ ޢުމުރުފުޅަކީ 80 އަހަރެވެ.

ރައީސް ޞާލިހުގެ މަންމާފުޅުގެ ކަށު ނަމާދު އިއްޔެ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮތް އިރު ކަށު ނަމާދު އިމާމްވެ ކޮށްދެއްވީ އެމަނިކުފާނުގެ ލޯފަން ކޮއްކޯފުޅު މޫސާ މުހައްމަދު ސޯލިހުއެވެ.

މަންމާފުޅުގެ ޖަނާޒާގެ ކަންކަން ދިޔަ ގޮތާއި ގުޅިގެން ރައީސް ޞާލިހު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަޒީރު ޝަހީމަށް ޝުކުރު އަދާ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި މަންމަގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އިސްވެހުންނަވައިގެން ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމްތަކަށް އަޅުގަނޑާ ޢާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން".

މީގެ އިތުރުން، ރައީސް ޞާލިހު ވަނީ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި އަދި މަރުޙޫމާއަށް ހެޔޮ ދުޢާ ކޮށްދެއްވި އެންމެހާ ފަރާތްތަކަށާއި، އަދި ތަޢުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނާއި ޢާއިލާގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
Ali Niyaz
އެމަނިކުފާނު ތަ ނޫނީ އެކަމަނާ ތޯ
19 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.