ހިތަދޫ މެދު ދާއިރާގެ މެންބަރުން އަހުމަދު އަޒާން--ފޮޓޯ: މަޖިލިސް
ހަބަރު
21 Jul 2024 | 12:33
ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމެންޓުތަކުގެ ވެރިންގެ ލިސްޓެއް ހޯދާ އޭސީސީއިން ތަހުގީގެއް ހިންގަންޖެހޭ: އަޒާން

ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމެންޓުތަކުގެ ވެރިންގެ ލިސްޓެއް ހޯދާ އޭސީސީއިން ތަހުގީގެއް ހިންގަންޖެހޭކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ، ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އޭނާގެ ދަރިފުޅު އައިޝަތު މިސްކްގެ ނަމުގައި ހުޅުމާލެއިން 3.8 މިލިއަން ރުފިޔާއަށް ފްލެޓެއް ގަނެފައިވާކަމަށް ނޫހަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަޒާން ވިދާޅުވީ، ކުށްކޮށްގެން ހޯދާ ފައިސާ ރިއަލްއެސްޓޭޓަށް އިންވެސްޓް ކުރުމަކީ މިހާރު ވަރަށް އާންމުކަމެއް ކަމަށެވެ.

ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމެންޓުތަކުގެ އޯނަރުންގެ ލިސްޓެއް ހޯދާ އޭސީސީއިން ތަހުގީގެއް ހިންގަންޖެހޭ.

އޮންލައިން ނޫހުން ބުނެފައިވާ ގޮތުން، ޒިފްލީނާގެ ދަރިފުޅަށް ގަތް މި ފްލެޓަކީ އާރްސީސީއިން ހުޅުމާލޭގައި ތަރައްގީކުރި ބްލޫ ހެވަން ރެސިޑެންސްއިން ގަނެފައިވާ ފްލެޓެކެވެ. އަދި އާންމުކޮށް 3.2 މިލިއަނަށް ވިއްކާ ފްލެޓް 3.8 މިލިއަނަށް ގަތީ ފްލެޓަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވުމުން އެ ބަދަލުތައް ގެނެސްގެންކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން އެ ނޫހުގައި ބުނެފައިވާ ގޮތުގައި، ޒިފްލީނާ އޭނާގެ ދަރިފުޅުގެ ނަމުގައި ގަތް ފްލެޓަށް ފައިސާ ދައްކާފައިވަނީ ޒިފްލީނާ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު 2022 ވަނަ އަހަރުއެވެ. 

ޒިފްލީނާގެ ދަރިފުޅަށް އެޕާޓްމަންޓެއް ގަނެފައިވާއިރު، ޒިފްލީނާ އަމިއްލައަށްވެސް އެފްޑަބްލިއު ރެސިޑެންސްއިން 3.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. 

ޒިފްލީނާ އާއި އޭނާގެ ދަރިފުޅު ގަތް ދެ ފްލެޓްގެ ޖުމްލަ އަގު 7.3 މިލިއަން ރުފިޔާއަށް އަރައެވެ. 

ކޮމެންޓް
ގެރަދު
މިކުއްޖާއަދި ތަންކޮޅެއް ޅަކަމުން ނޭނގެނީ. ފަހުން ރަނގަޅުވާނެ.
21 Jul 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.