ލަކުސަނަ ގެ ޕޯސްޓަރެއް: ޕޯސްޓަރ/ ޕީސް ފައުންޑޭޝަން
ހަބަރު
26 Jul 2024 | 13:10
ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންނަށް ޚާއްސަ ހަރަކާތްތަކާއެކު، ޕީސް ފައުންޑޭޝަންގެ "ލަކުސަނަ" މިފަހަރު ތ. ވިލުފުށީގައި

ޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގެ ޕްރޮގްރާމް "ލަކުސަނަ" ތ. ވިލުފުށީގައި ބާއްވަން ތައްޔާރުވެއްޖެއެވެ. 

ލަކުސަނަ އަކީ 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ، އެއް ރަށަކަށް ޚާއްޞަކޮށްގެން އެ ރަށުގެ މުޅި މުޖުތަމަޢުއަށް ފައިދާކުރާނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ރަށުގެ ކުދި ބޮޑު އެންމެންނަށް ޚާއްޞަ ހަރަކާތްތައް ހިމެނެއެވެ.

ޕީސް ފައުންޑޭޝަނުން “ވޮއިސް” އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް މިފަހަރު ތ. ވިލުފުށީގައި ބާއްވަން ހަމަޖެހިފައިވަނީ ޖުލައި 31 އިން އޮގަސްޓް 3 އަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިލުފުށީ ހެޔޮބަސް ޖަމިއްޔާއާއި ގުޅިގެން ކަމަށާ، ޕްރޮގްރާމްގެ ހޯސްޓިންގ ޕާޓްނަރަކީ ރަށު ކައުންސިލް ކަމަށް ޕީސް ފައުންޑޭޝަނުން މައުލޫމާތު ދެއެވެ. 

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

“މި ޕްރޮގްރާމް ހިންގުމުގައި ރަށު ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ދަނީ ލިބެމުން” ޕީސް ފައުންޑޭޝަނުން ބުންޏެވެ. 

ޕީސް ފައުންޑޭޝަނުން އިތުރަށް ބުނީ، މި ޕްރޮގްރާމްގައި ދީނީ އަދި އިޖްތިމާޢީ އެކި އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، ނަމާދާ ގުޅޭ ވޯކްޝޮޕްތަކާއި، ޢަޤީދާގެ ވޯކްޝޮޕްތަކުގެ އިތުރުން، ބޮޑެތި މީހުންނަށް ޚާއްޞަ ވޯކްޝޮޕްތަކާއި ކުޑަކުދިންނަށް ޚާއްޞަ ވޯކްޝޮޕްތައް ވެސް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

އަދި މުއައްސަސާތަކުގެ ވެރިންނަށް ބާއްވާ 'ނަމޫނާ ވެރިން'، މުދައްރިސުންނަށް ބާއްވާ 'ނަމޫނާ މުދައްރިސް'، މަންމައިންނާއި ބައްޕައިންނަށް ވަކިން ބާއްވާ ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ވޯކްޝޮޕް، ސްކޫލް ސީނިއަރ ގްރޭޑްތަކަށް ބާއްވާ 'ފުރާވުނަ' ޕްރޮގްރާމްވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. 

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

‘ފުރާވުނަ’ އަކީ މިހާތަނަށް ޖެއްސުނު އެންމެ ކާމިޔާބު ޕްރޮގްރާމް. އެ ޕްރޮގްރާމް ތަކުގެ އިތުރުން، އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ގާރލްސް ޒޯން، އަންހެނުންނަށް ޚާއްޞަ 'ކާމިޔާބު އުޚްތާ' އަދި 'ދުރާލާ' (ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ވަރކްޝޮޕްއެއް) ކުރިއަށް ދާނެ. އަދި މީނޫންވެސް ލީޑަރޝިޕް ޕްރޮގްރާމްތަކާއި، ވަރކް އެތިކްސް އެންޑް ޕްރޮޑަކްޓިވިޓީ، އިސްރާފުވެހިންނަށް ބާއްވާ 'ޚަޒާނާ'އަދި ހަމައެހެންމެ، ފުޓްބޯޅަ އަދި ވޮލީބޯޅަ ކޭމްޕްތަކާއި، ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ދާނެ. 

ޕީސް ފައުންޑޭޝަން

މި ޕްރޮގްރާމް ތަކާއި އެކު، މަޝްހޫރު ފުޓުބޯޅަކުޅުން ތެރިޔާ، އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ 'ތަށި އުފުއްލާލި އިހުސާސް' ނަމުގައި ޚާއްސަ އިވެންޓެއްވެސް ލަކުސަނަ ޕްރޮގްރާމްގެ ދަށުން ކުރިއަށް ދާއިރު މިފަހަރުގެ ލަކުސަނާގައި ވަނީ މުޅިން އާ ޕްރޮގްރާމެއްވެސް ފަރުމާ ކޮށްފައި ކަމަށް ޕީސް ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

މީގެ ނަމަކީ 'ފުރަދާނަ'. މިއީ ލަކުސަނާ ދުވަސްތަކުގައި އުމުރުން 14-18 ގެ ކުދިން ބައިވެރިކޮށްގެން ހިންގާ ސެމީ-ކޭމްޕެއް. މި ކޭމްޕަކީ އެކި އެކި ދާއިރާތައް ކަވަރވާ، ވަށާޖެހޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެއް. މީގެ ތެރޭގައި ދީނީ ބައިތަކާއި، ލީޑަރޝިޕް، ޓީމް ވަރކް، ކެރިއަރ ބިލްޑިންގ ފަދަ ބައިތައް އެކުލެވޭނެ. މިއީ އިންޓަރެކްޓިވް ގޮތަކަށް ކުރިއަށް ގެންދާ، މަޖާކުރުވަނިވި، އެހެންނަމަވެސް މަޢުލޫމާތު ދޭ އަދި ފައިދާހުރި ޕްރޮގްރާމަކަށް ވެގެން ދާނެ. މި ޕްރޮގްރާމުގައި ޕިކްނިކް ތަކާއި އަދި ބޮންފަޔަރ އޮންނާނެ. ރަށުގެ ޕޮލިސްގެ ފަރާތުން ޚާއްޞަކޮށް މި ޕްރޮގްރާމަށް ވަރަށް ބޮޑަށް އެހީ ލިބެމުންދާ ކަންވެސް ފާހަގަ ކޮށްލަން

ޕީސް ފައުންޑޭޝަން

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

ލަކުސަނަގެ އެކިއެކި ދާއިރާ ތަކުން ސެޝަންތައް ނަންގަވައި ދެއްވާނީ ކަމުގެ ތަޖުރިބާ ހުރި ޢިލްމީ ބޭފުޅުން ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.

އެގޮތުން، ދީނީ ސެޝަންތައް ނަންގަވައިދެއްވާނީ ފުންނާބު އުސް ދީނީ ޢިލްމުވެރިން ކަމަށްވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

1. ޝައިޚް މުޙައްމަދު މަންޞޫރު: ޑީން، ކުއްލިއްޔަތުލް ޤުރްއާން އެންޑް ސުންނާ، އައި.ޔޫ.އެމް

2. ޝައިޚް ނިމާލް މުޙައްމަދު: ޑީން، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު، އައި.ޔޫ.އެމް

3. ޝައިޚް ޝުޢައިބު ނާޒިމް: ޙަދީޘް އުސްތާޛު، ޢަރަބިއްޔާ ސްކޫލް

4. ޝައިޚް މުޙައްމަދު ޝާހިދު: ލެކްޗަރަރ، އެމް.އެން.ޔޫ

5. ޝައިޚް ޙާތިމް ޔޫސުފް: ޓީޗަރު، ވީ.އައި.އެޗް.އެސް

6. ޝައިޚް މުޙައްމަދު އަފްޟަލް: އިމާމު. އަދި ޢަޤީދާ އަދި ފަލްސަފާގެ ދާއިރާއަށް ޚާއްސަ ބޭފުޅެއް. 

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

އިޖްތިމާޢީ އަދި ފަންނީ ޕްރޮގްރާމްތައް ނަންގަވައިދެއްވާ، އެ ދާއިރާތަކުން ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނޭ؛ 

1. އަޙްމަދު މުޙައްމަދު ދީދީ: އެޗް.އާރު ޓްރެއިނަރު، އެކްސްޕަރޓް ސްޕީކަރު، ޗާޓަރޑް އެމް.ސީ.އައި.ޕީ.ޑީ

2. މުޙައްމަދު ސާޖިދު (ކާއްޓޭ): ސީނިއަރ ވައިސް ޕްރެޒިޑެންޓް، ވީ.އޭ.އެމް

3. އަކްރަމް ޢަބްދުލްޣަނީ: ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން

4. ޝަމްވީލް މުޙައްމަދު: ޒުވާން އަރަމުންދާ ފުޓްބޯޅަ ކުޅުންތެރިޔާ

2023 ވަނަ އަހަރުގެ ލަކުސަނަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން

5. މޫސާ ޝިފާޢު: 'ޕެބަލްސް، ކުޑަކުދިންގެ ހަވީރު' މެނޭޖްކޮށް ހުށަހަޅައި ދެއްވާނެ. ޝިފާއު އަކީ މި ދާއިރާއިން ތަޖުރިބާ ހުރި އަދި ދިވެހިރާއްޖޭގައި އެންމެ މަޤްބޫލު މަދަޙަ ކިޔާ މީހުންގެ ތެރެއިން އެކަކު. 

6. ޢާއިޝަތު ފަހުދާ ޚަލީލް (ހުދާ): އަންހެނުންނާއި އަންހެން ކުދިންނަށް ޕްރޮގްރާމްތައް ހިންގާނެ. ހުދާ އަކީ އިސްލާމިކް ލައިފް ކޯޗެއް، އަދި ސްކޫލް ކައުންސެލާރއެއް. 

7. މުހައްމަދު ޞޮބާޙް (ޗޭ): ޕީސް ފައުންޑޭޝަންގެ ފައުންޑަރެއް، އަދި ޖެނެރަލް ސެކެރެޓަރީ، މޯލްޑިވްސް ސާފިންގ އެސޯސިއޭޝަންގެ ރައީސް، އަދި ވިޔަފާރިވެރިއެއް. 

ތ. ވިލުފުށީގައި މިފަހަރު ބާއްވާ ލަކުސަނަ ޕްރޮގްރާމަކީ މީގެ 4 ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ހިންގާފައިވަނީ ރ. މީދޫ، ދ. ކުޑަހުވަދޫ އަދި ތ. ގުރައިދޫގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ