މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު: ފޮަޓޯ/ މަޖިލިސް
ހަބަރު
28 Jul 2024 | 15:41
ޕީޖީގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދިނީ، މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތީމަ: ޠާރިގު

ޕީއެންސީގެ ޕާލިއަންމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެންނެތުމުން ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.

ޠާރިގު މިހެން ވިދާޅުވެފައިވަނީ އޭނާ އިސްތިއުފާ ދިނުމާއި ގުޅިގެން އެކި ގޮތް ގޮތަށް ވާހަކަދެކެވެމުންދަނިކޮށް، މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުމަކަށް ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމަށް ޠާރިގު އައްޔަނުކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމީ މޭ މަހުގެ 22 ގައެވެ.

ޠާރިގުގެ އިތުރުން ޕީއެންސީ ޕީޖީ ލީޑަރުންގެ ގޮތުގައި އިތުރު ތިން މެމްބަރަކު ތިއްބަވައެވެ. އެއީ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.

މަގާމުން އިސްތިއޔފާ ދެއްވާފައިވާއިރު ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވަން ވެސް ޠާރިގު ކެމްޕޭން ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.