ހަބަރު
31 Jul 2024 | 09:40
ރައީސުލްޖުމްހޫރިއްޔާ އީރާނުގެ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އީރާނުގެ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިރާނުގެ ނުވަވަނަ ރައީސް ޑޮކްޓަރ ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަޤާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ.

އަދި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އީރާނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާ އަދި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ވަނީ 324 ކިލޯގެ ޑްރަގް އަތުލައިގެންފައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު ކުރީ ދައުރުގެ ދެ އަހަރާއި ބަޔަށް ވުރެ 31 އިންސައްތަ އިތުރެވެ.
29 Jun 2026
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ: ތިން މީހަކު ދިގު މުއްދަތަށް ޖަލަށް
މި މީހުންގެ ތެރެއިން ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
29 Jun 2026
ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.