އާޔަތު ﷲ އަލީ ޚާމަނާއީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
02 Aug 2024 | 13:58
އިސްރާއީލަށް ހަމަލާދިނުމަށް އީރާނުގެ ލީޑަރު އަމުރު ކުރައްވައިފި

ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލަން ޔަހޫދީން ދިން ހަމަލާއާއި ގުޅިގެން ސީދާ އިސްރާއީލަށް އަމާޒުކޮށް ހަމަލާދިނުމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އެގައުމުގެ އަސްކަރިއްޔާ އަށް އަމުރުކޮށްފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ދެ މެންބަރުން ހިމެނޭ ގޮތަށް އީރާނުގެ ތިން އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ޚާމަނާއީ މިފަދައިން އަމުރުކުރެއްވީ، ހަނިއްޔާ އަވަހާރަކޮށްލިކަން ހާމަކުރިތާ މާގިނަ އިރެއްނުވެ ބޭއްވި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައިއެވެ.

މީގެ އިތުރުންވެސް، ޚާމަނާއީ ވަނީ އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ ޔަހޫދީންގެ މި ނިރުބަވެރި އަމަލާއި ގުޅިގެން ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ.

"އިސްލާމީ ޖުމްހޫރިއްޔާގެ ބޯޑަރުތަކުގެ ތެރޭގައި ހިނގާފައިވާ މި ހިތި، ހިތާމަވެރި ހާދިސާއަށް ފަހު، ބަދަލު ހިފުމަކީ އަޅުގަނޑުމެންގެ ވާޖިބެއް،" 

ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީގެ އިތުރުން އެގައުމުގެ އައު އިންތިޚާބީ ރައީސް މަސްއޫދު ޕެޒެޝްކިއާން ވެސް މި ހަމަލާ އާއި ގުޅިގެން ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައިވާއިރު، އީރާނުން މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައިވެސް އިސްރާއީލަށް އަމާޒުކޮށް 300 ޑްރޯން އާއި މިސައިލް އެކުލެވޭ ވަރުގަދަ ހަމަލާތަކެއް ފޮނުވާލިކަން ފާހަގަކޮށްލަން ޖެހެއެވެ.

ހަނިއްޔާ އަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހަމާސް އިން ވެސް ވަނީ އެކަމުގެ ބަދަލު ލުއިކޮށް ނުނަގާނެ ކަމަށާއި، އެކަމުގައި ހިމެނޭ ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.