ލަކުސަނަ ޕްރޮގްރާމްގެ ޕެބްސްލް ހަވީރު ހުށަހަޅައިދޭ ޝިފާއުބެ އާއިއެކު ޕީސްފައުންޑޭޝަންގެ އިސް ބޭފުޅުން
ހަބަރު
02 Aug 2024 | 14:51
ލަކުސަނަ 2024: ގިނަ ހަދިޔާ ތަކާއެކު، ޕެބްލްސް އާއިލީ ހަވީރު މިއަދު!

ޕީސް ފައުންޑޭޝަނުން ހިންގާ ދީނީ އަދި އިޖްތިމާޢީ ހަރަކާތްތަކުގެ "ލަކުސަނަ" ޕްރޮގްރާމްގެ ތެރެއިން، މިފަހަރު ތ.ވިލުފުށީގައި ބާއްވާ އެންމެ ބޮޑު އެއްހަރަކާތް، އާއިލީ ހަވީރު މިއަދު ބާއްވަން ތައްޔާރުވެއްޖެއެވެ. 

ޕީސް ފައުންޑޭޝަނުން ބުނީ، މި ހަވީރު އޮންނާނީ ވިލުފުށީ ކައުންސިލް ފުރަގަހުގައި އޮންނަ ހުސް ބިމުގައި، މިއަދު ހަވީރު 16:00 އިން 18:00 އަށް ކަމަށެވެ. 

މި ހަވީރުގައި، ކުޑަކުދިންނަށް ގިނަ ހަދިޔާ ތަކެއް ދެވިގެންދާއިރު އެކުދިންނަށް މަދަހަ ކިޔުމާއި އެފަދަ ހުނަރު ދައްކައިގެންވެސް ހަދިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީސްފައުންޑޭޝަނުން ބުނެއެވެ. އަދި ހަމަ އެހެންމެ، ހަވީރުގައި ގިނަ ސްޓޯލްތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށާ، ހަވީރު ހުށަހަޅައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ރީތި މަދަހަތަކެއް ކިޔުއްވާފައިވާ މޫސާ ޝިފާއު (ޝިފާއުބެ) ކަމަށެވެ.

އެހެންކަމުން ކުދި ބޮޑު އެންމެން ހަވީރުގައި ބައިވެރިވުމަށް ޕީސްފައުންޑޭޝަނުން އެދެއެވެ. 

ލަކުސަނަ އަކީ 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ، އެއް ރަށަކަށް ޚާއްޞަކޮށްގެން އެ ރަށުގެ މުޅި މުޖުތަމަޢުއަށް ފައިދާކުރާނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ރަށުގެ ކުދި ބޮޑު އެންމެންނަށް ޚާއްޞަ ހަރަކާތްތައް ހިމެނެއެވެ.

ޕީސް ފައުންޑޭޝަނުން “ވޮއިސް” އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް މިފަހަރު ތ. ވިލުފުށީގައި ބާއްވަން ހަމަޖެހިފައިވަނީ ޖުލައި 31 އިން އޮގަސްޓް 3 އަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިލުފުށީ ހެޔޮބަސް ޖަމިއްޔާއާއި ގުޅިގެން ކަމަށާ، ޕްރޮގްރާމްގެ ހޯސްޓިންގ ޕާޓްނަރަކީ ރަށު ކައުންސިލް ކަމަށް ޕީސް ފައުންޑޭޝަނުން މައުލޫމާތު ދެއެވެ. 

ޕީސް ފައުންޑޭޝަނުން އިތުރަށް ބުނީ، މި ޕްރޮގްރާމްގައި ދީނީ އަދި އިޖްތިމާޢީ އެކި އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، ނަމާދާ ގުޅޭ ވޯކްޝޮޕްތަކާއި، ޢަޤީދާގެ ވޯކްޝޮޕްތަކުގެ އިތުރުން، ބޮޑެތި މީހުންނަށް ޚާއްޞަ ވޯކްޝޮޕްތަކާއި ކުޑަކުދިންނަށް ޚާއްޞަ ވޯކްޝޮޕްތައް ވެސް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

އަދި މުއައްސަސާތަކުގެ ވެރިންނަށް ބާއްވާ 'ނަމޫނާ ވެރިން'، މުދައްރިސުންނަށް ބާއްވާ 'ނަމޫނާ މުދައްރިސް'، މަންމައިންނާއި ބައްޕައިންނަށް ވަކިން ބާއްވާ ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ވޯކްޝޮޕް، ސްކޫލް ސީނިއަރ ގްރޭޑްތަކަށް ބާއްވާ 'ފުރާވުނަ' ޕްރޮގްރާމްވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މިނޫންވެސް އެހެނިހެން ގިނަ ހަރަކާތްތަކެއް ޕްރޮގްރާމްގެ ތެރެއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. 

ތ. ވިލުފުށީގައި މިފަހަރު ބާއްވާ ލަކުސަނަ ޕްރޮގްރާމަކީ މީގެ 4 ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ހިންގާފައިވަނީ ރ. މީދޫ، ދ. ކުޑަހުވަދޫ އަދި ތ. ގުރައިދޫގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.