ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން --
ހަބަރު
03 Aug 2024 | 19:39
އަމާންވެއްޓެއްގައި ދިރިއުޅެން ލިބިފައި މިވަނީ އެތަކެއް އަބުޠާލުންގެ ބުރަމަސައްކަތްޕުޅުން: ޣައްސާން

މިނިވަން އަމާންވެއްޓެއްގައި އަޅުގަނޑުމެންނަށް މިއަދު ދިރިއުޅުމުގެ ފުރުސަތު ލިބިފައި މިވަނީ އެތަކެއް އަބުޠާލުންގެ ބުރަމަސައްކަތްޕުޅުން ކަމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާގެ ޝަރަފުގެ ހިނގާލުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިނިވަންދުވަހަކީ އެންމެން ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި ހަނދާންކުރަންޖެހޭ ދުވަހެއް ކަމަށެވެ. އަދި އަޅުގަނޑުމެންނަށް އަމާން ވެއްޓެއްގައި ދިރިއުޅެވެނީ އެތައް އަބުޠާލުންތަކެއްގެ ބުރަ މަސައްކަތުން ކަމަށް ފާހަގަކުރެއްވިއެވެ.

ދިފާޢީ ވަޒީރު ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށާއި ދިވެހި ސިފައިންނަށް ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވާފައެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެ އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީ އަޅުގަނޑުމެންގެ އާއިލާތައް ގޮވައިގެން އަމާންވެއްޓެއްގައި ދިރިއުޅެން ލިބިފައި މިވަނީ އެތަކެއް އަބުޠާލުންނެއްގެ ބުރަމަސައްކަތްޕުޅުން،" 

ދިފާޢީވަޒީރު ޣައްސާން ވިދާޅުވިއެވެ.

މިނިވަންދުވަސް ފާހަގަކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، ދިފާޢީވަޒީރު ޣައްސާން ވިދާޅުވީ މިދުވަހަކީ ދިވެހިރާއްޖެއަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ވެރިކަމެއް އޮތް ޤައުމެއްކަން މުޅި ދުނިޔެއަށް ދައްކުވައިދޭ ދުވަހެއް ކަމަށެވެ. އަދި ދިވެހިންނަށް އަމިއްލައަށް ނިންމާ ގޮތަކަށް ޤައުމު ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ހުރިކަން ދުނިޔެއަށް ދެއްކުމުގެ ފުރުޞަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

މި މުނާސަބަތުގައި، މިނިސްޓަރ ޣައްސާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްއަށާއި ދިވެހި ސިފައިންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ މަހެއްގެ ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެއީ އިނގިރޭސިންގެ އަތްދޮށުން ދިވެހިންނަށް ދިވެހި ދައުލަތުގެ އެންމެހާ ބާރުވެރިކަން އިއާދަވި ދުވަހެވެ.

ކޮމެންޓް
ބޭބެ
އެހެންވެދޯ މަތީބުރިން ަގަޑުހޮޅި ބުޔެއް ވައްޓާލާ ބަޔަކަށް އަނިޔާދީ މީހަކު ނުކުޅެދޭ މީހަކަ ށް ހަދާލޚބަފާގެ ވެރިކަމުގަ!
03 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.