އުދަ އަރައި ރަށެއްގައި ފެން ބޮޑުވެފައި: ފޮޓޯ/ ފޭސްބުކު
ހަބަރު
04 Aug 2024 | 20:51
ސުނާމީ ކާރިސާއަކަށް އިޖާބަ ދިނުމަށް މުޖުތަމައު ތައްޔާރު ކުރުމަށް ޕްރޮގްރާމެއް

ސުނާމީ ކާރިސާއަކަށް އިޖާބަ ދިނުމަށް މުޖުތަމައު ތައްޔާރު ކުރުމަށް ޕްރޮގްރާމެއްބާއްވަން ނިންމައިފިއެވެ.

މޯލްޑީވްސް ސުނާމީ ރެޑީޓްރެއިނިންގ ޕްރޮގުރާމް މިއަހަރި އޮގަސްޓް މަހު 5 އިން 9 އަށް ބާއްވަން ނޭސަނަލް ޑިޒާސްޓާ މެނޭޖްމެންޓް އިން ހަމަޖައްސާފިއެވެ.

ޤުދުރަތީ ކާރިސާތަކަށް ނާޒުކު ރާއްޖޭގެ ރަށްތަކަކުގައި ދިރިއުޅޭ ރައްޔިތުންނަކީ ކާރިސާގެ ކަންކަމަށް އަހުލުވެރި، ކާރިސާތަކަށް ތައްޔާރުވެ ތިބި ބަޔަކަށް ހެދުމަށާއި، ކާރިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ގޮތުގެ ތަމްރީނާއި އެކަމުގެ ހުނަރު އަދި މައުލޫމާތު ލިބިފައިވާ ވިލުންތެރި ރައްޔިތަކު ދިރިއުޅޭ ތަނަކަށް ހެދުމަށް މި އޮތޯރިޓީން ދަނީ ވަރަށް ގިން މަސައްކަތްތަކެއްކުރަމުންނެވެ.

އެގޮތުން، "ޔުނެސްކޯ" (UNESCO) "އިންޓަރ ގަވަރމެންޓަލް އޯޝަނޯގްރެފިކް ކޮމިޝަން" (އައި.ޖީ.އޯ.ސީ)، އިންޑޮނޭޝިއާގެ މޫސުމާއިބެހޭ އިދާރާ ބީ.އެމް.ކޭ.ޖީ އިން ޤައުމުތަކުގައި ކުރިއަށް ގެންދާ "ނެޝަނަލް ސުނާމީ ރެޑީ ޓްރެއިނިންގ((NTRT ޕްރޮގްރާމް" ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އުޒާރާއިން ހާމަކޮށްފައިވެއެވެ. މި ތަމްރީން ޕްރޮގްރާމަކީ ސުނާމީ ކާރިސާއަކަށް އިޖާބަ ދިނުމަށް މުޖުތަމައުތަކުގެ ތައްޔާރުކަމާއި، ވިލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކެއްކަމަށްވެސް ހާމަކޮއްފައިވެއެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން ސުނާމީ ކާރިސާއެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައާއި، ބިނާރާއި، ދަނޑުބިމާއި، ކައިބޮއި ދިރިއުޅުމަށް ކުރަމުން އައި އެންމެހައި މަސައްކަތްތައް ނެތި ގޮސް ލިބިދާނެ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވުމަށް އެކަށައެޅޭ އިސްތިރާޖީ ތަކާއެކު ރާއްޖޭގެ ރަށްރަށަކީ "ސުނާމީއަށް ތައްޔާރު" ރަށްރަށްކަން ފާހަގަ ކުރެވިގެންދާނެއެވެ.

މި ތަމްރީން ޕްރޮގްރާމް ރާއްޖޭގައި ފެށުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ރާއްޖޭގެ ރަށްރަށުގައި މިތަމްރީން ޕްރޮގްރާމް ހިންގާނެ ފެސިލިޓޭޓަރުން ތަމްރީން ކުރުމަށް 2024 އޮގަސްޓް 5 އިން 7 އަށް ޓްރެއިން އޮފް ޓެރެއިނާސް TOT ޓްރެއިނިންގ އެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިތަމްރީން ޕްރޮގްރާމްގައި މިނިސްޓްރީ ތަކާއި އެކިއެކި ވުޒާރާތަކާއި، ސިޓީ އަދި ރަށުކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި އެކިއެކި ކުންފުނިތަކުން 40 އަށް ވުރެ ގިނަ ބައިވެރިން ތަމްރީނުކުރެވިގެންދާނޭކަމަށްވެސް ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި އެންޑީއެމްއޭ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ދިވެހި ފުލުހުންނާއި ސިފައިން، ދިވެހި ރެޑްކްރެސެންޓް އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް މީގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.