މިއަދުގެ ކަނޑުމަތީ ހާދިސާއެއްގެ ތެރެއިން: ފޮޓޯ/އެމްއެންޑީއެފް
ހަބަރު
05 Aug 2024 | 12:11
މޫސުން ގޯސްވެ އިއްޔެއާއި މިއަދު، ކަނޑުމަތީގެ 6 ހާދިސާއެއް

މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ރެއާއި މިއަދު ކަނޑުމަތީގެ 6 ހާދިސާއެއްގެ ހިނގައިފިއެވެ. 

އެގޮތުން އެމްއެންޑީއެފް އިން ބުނެފައިވާގޮތުން، 9 ފަތުރުވެރިންނާ 5 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީ ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވެފައިވާ ކަމުގެ ރިޕޯޓް ރޭ ދަންވަރު 01:10 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިހާރު އެ މީހުން ތިބީ އެރަށު ގެސްޓްހައުސްއެއްގައި ކަމަށްވާއިރު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ބުނެފައިވެއެވެ. 

ރޭގައި ހިނގި ދެވަނަ ހާދިސާ އަކީ، ތ.އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވައު ކަނޑައިގެންދިއުމެވެ. މި ހާދިސާގެ ރިޕޯޓް ރޭ 0:2:54 އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދޭއިރު، މިވަގުތު ބާޖު އޮތީ ގ. ގުރައިދޫ ކައިރިއަށް ބީހިފައި ކަމަށް ބުނެފައިވެއެވެ. އަދި ޓަގު ބޯޓް އޮތީ އެސަރަހައްދުގައި އެންކަރުކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

ސަފާރީ ބީޗަށް ލައްވެފައ: ފޮޓޯ/ އެމްއެންޑީއެފް

މިއާއެކު ރޭ ދަންވަރު 3:20 ކަންހާއިރު،' ފިޝްމަން' ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވާކަމަށް ރިޕޯޓް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިމް މައުލޫމާތު ދީފައިވެއެވެ.

މިދޯނި މިހާރު ވަނީ މަޑުމަޑުން ދުއްވާފައި އައިސް ލ. ހިތަދޫ ބަނދަރަށް ވަދެފައި ކަމަށާ، މިހާދިސާގައި ހަރަކާތްތެރިވެފައިވަނީ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް ' މާފަތް' ކަމަށް ސިފައިން މައުލޫމާތު ދެއެވެ. 

މިއަދުގެ ކަނޑުމަތީ ހާދިސާއެއްގެ ތެރެއިން: ފޮޓޯ/އެމްއެންޑީއެފް

މީގެ އިތުރުން، 6މީހުންނާއެކު ދަތުރުކުރި ' ބިނާ ކާގޯ' ކިޔާ ސަޕްލައި ދޯންނެއް ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީން ހުއްޓި ދިޔަވާތީ ރޭގެ 02:43 ހާއިރު ލިބިފައިވާ ކަމަށާ، މިހާރު މިދޯނި އިތުރު ދޯންޏެއްގެ އެހީގައި މިހާރު ކަފުޖަހައިގެން ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިހާދިސާގައި ހަރަކާތްތެރިވަމުންދަނީ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް ' މާފަތް' ކަމަށްވެސް ބުންޏެވެ. 

ރޭގެ ކަނޑުމަތީ ހާދިސާއެއްގެ ތެރެއިން: ފޮޓޯ/އެމްއެންޑީއެފް

ފަސް ވަނަ ހާދިސާއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ، 10 މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ދޯންޏަށް ދިޔަވާތީ ރޭ 2:48 ގައި ރިޕޯޓް ކުރެވުނު ހާދިސާއެވެ.

އެ ދޯންޏަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދޯނި މިއަދު ހެނދުނު 09:00 ހާއިރު ލ.މާމެންދޫ ބަނދަރަށް ވައްދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ހަމަ އެހެންމެ، 80 ފޫޓްގެ ފާގަަތި ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާތީ ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައިވާ ކަމަށާ، މިހާދިސާގެ ރިޕޯތް ލިބިފައިވަނީ 05:00 ހާއިރު ކަމަށް ސިފައިން ބުންޏެވެ. އަދި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރުފަރުވާއަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް  ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ނިލަންދޫއަށް ގެންގޮސްދީފައި ކަމަށްވެސް ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.