ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އޮޕޮޒިޝަން ލީޑަރ ބޭގަމް ޚާލިދާ ޒިޔާ -- ފޮޓޯ: އިންޑިއާޓްޑޭ
ދުނިޔެ
05 Aug 2024 | 23:14
ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ މިނިވަންކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު ބޭގަމް ޚާލިދާ ޒިޔާ މިއަދު މިނިވަންކޮށްފިއެވެ. ޚާލިދާ ޒިޔާ މިނިވަންކުރުމަށް އަމުރުކުރެއްވީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންއެވެ.

78 އަހަރުގެ ޚާލިދާ ޒިޔާ ވަނީ ކޮރަޕްޝަންގެ ދަޢުވާތަކަކާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން ޖަލުގައި ބަންދުކުރެވިފައެވެ. ނަމަވެސް، ޞިއްޙީ ހާލަތު ގޯސްވުމާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ގޭ ބަންދުގައި ބަހައްޓާފައެވެ.

ޚާލިދާ ޒިޔާގެ މިނިވަންކަމަކީ ބަންގްލަދޭޝްގެ ސިޔާސީ މަޝްރަޙުގައި ބޮޑު ބަދަލެއް ގެނެސްދާނެ ކަމެއް ކަމަށް ބެލެވެއެވެ. އޭނާއަކީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ޗެއަރޕާސަންކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ވެވަޑައިގަތީ 1991ގައެވެ. އޭނާ އެ މަގާމަށް ވަޑައިގަތީ 1977އިން 1981 އަށް ބަންގްލަދޭޝްގެ ރައީސްކަން ކުރެއްވި، 1978 ވަނަ އަހަރު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އުފެއްދެވި ފިރިމީހާ ޒިޔާއުއް ރަހުމާން އަވަހާރަކޮށްލުމުންނެވެ. ޚާލިދާ ދެވަނަ ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001އިން 2006އަށެވެ.

ޚާލިދާ ޒިޔާ މިނިވަންކުރިއިރު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ޝޭޚް ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ފިއްލަވައިގެން ހޯމަ ދުވަހު އިންޑިއާ އަށް ވަޑައިގެންފައެވެ.

ހަސީނާ އިސްތިއުފާ ދެއްވާފައި މިވަނީ ބަންގްލާދޭޝްގައި ކުރިއަށް ދިޔަ މުޒާހަރާތަކާ ގުޅިގެން އުފެދުނު ހަމަނެޖެހުންތަކުގައި ސަރުކާރަށް ޕްރެޝަރ ބޮޑުވެގެން ރައްޔިތުން ކޮންޓްރޯލް ނުވެ ސަރުކާރުގެ އޮފީސްތަކަށާއި، ކާރުޚާނާތަކަށް ގެއްލުންދީ ހަސީނާގެ އިސްތިއުފާއަށް ގޮވަމުން ދިޔުމުންނެވެ. 

މިހަމަނުޖެހުންތަކުގައި ފުލުހުން ހިމެނޭގޮތުން 300 އަށްވުރެ ގިނަމީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. 

ޚާލިދާ މިނިވަންކުރި ޚަބަރު ދުނިޔޭގެ މީޑިއާތަކަށް އަރާފައިވާއިރު، ޚާލިދާ ޒިޔާގެ ތާއީދުކުރާ ފަރާތްތަކުން ދަނީ މި ޚަބަރާ ގުޅިގެން އުފާފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.