ޑާކާގެ މަގެއްގައި ފުލުހުން ހަޅުތާލުކުރަނީ -- ފޮޓޯ: ޑާކާޓްރިބިއުން
ދުނިޔެ
06 Aug 2024 | 17:39
ބަންގްލަދޭޝް ފުލުހުންގެ މުވައްޒަފުންގެ ޖަމިއްޔާއިން ހަޅުތާލު ކުރަން ފަށައިފި

ބަންގްލަދޭޝްގެ ފުލުހުންގެ މުވައްޒަފުންގެ ޖަމްޢިއްޔާއިން އެމީހުންގެ ރައްކާތެރިކަމަށްޓަކައި މުއްދަތެއް ނެތް ހަޅުތާލެއް ފަށައިފިއެވެ. މިކަން އެ ޖަމްޢިއްޔާއިން އިޢުލާނުކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު ނެރުނު ނޫސްބަޔާނެއްގައެވެ.

ޝެއިޚް ހަސީނާގެ އަވާމީ ލީގު ސަރުކާރު ވެއްޓުނު ފަހުން، ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި ހުރި ފުލުސް މަރުކަޒުތަކަށް ހަމަނުޖެހުން އުފައްދާ ފަރާތްތަކުން ހަމަލާދޭން ފަށާފައިވާތީ، ފުލުހުންގެ މުވައްޒަފުން ދަނީ ބިރުވެރިކަމާއި ނުރައްކަލުގެ ތެރޭގައި އުޅެމުންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި، ސަރުކާރު ވައްޓާލުމަށް ގޮވާލާ މުޒާހަރާކުރާ ފަރާތްތަކާއި އަވާމީ ލީގުގެ ލީޑަރުންނާއި ތާއީދުކުރާ ފަރާތްތަކާ ފުލުހުންނާ ދެމެދު ހިނގި ގިނަ އަރައިރުންތަކުގައި ގިނަ އަދަދެއްގެ ފުލުހުން މަރުވެފައިވެއެވެ. އަދި ޑާކާ ހިމެނޭގޮތަށް ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ސަތޭކައަށްވުރެ ގިނަ ފުލުސް މަރުކަޒުތަކަށާއި ފުލުހުންގެ އިމާރާތްތަކަށް ގެއްލުންދީ އަލިފާން ރޯކޮށްފައިވެއެވެ.

އޯގަސްޓް 5 ގައި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާދެއްވުމާއި ގުޅިގެން، ފުލުހުންނަށް ދޭ އިންޒާރުތަކާއި، ދުއްތުރާތައް ވަނީ އިތުރު ވެފައެވެ. އެގޮތުން ފުލުހުން މެރުމާއި، މުދަލަށް ގެއްލުންދިނުމާއި އަލިފާން ރޯކުރުމުގެ ހާދިސާތައް ހިނގާފައިވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން ގާތްގަނޑަކަށް 450 ފުލުސް މަރުކަޒަކަށް ހަމަލާދީފައިވާއިރު، މިކަންކަމަކީ ޓެރަރިސްޓް ޙަރަކާތްތަކާ ގުޅުންހުރި ކަންކަން ކަމަށްވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ޙާލަތުގައި ފުލުހުންގެ ރައްކާތެރިކަމަށްޓަކައި، އޯގަސްޓް 6 އިން ފެށިގެން މުޅި ޤައުމަށް ހިނގާގޮތަށް މުއްދަތެއް ނެތްގޮތަށް ހަޅުތާލެއް ފަށާފައިވާކަމަށް ޖަމްޢިއްޔާއިން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ފުލުސް މައި މަރުކަޒުގެ އެކި އޮފިސަރުންނާ އެއްވެސް މީޑިއާއަކަށް ކޮމެންޓެއް ކުރަން ބޭނުން ނުވާކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.