އިސްތިއުފާދެއްވި ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ -- ފޮޓޯ: އެންޑީޓީވީ
ދުނިޔެ
06 Aug 2024 | 19:01
ހަސީނާއަށް ހިމާޔަތް ނުދޭނެކަމުގެ އިޝާރާތެއް އިނގިރޭސި ސަރުކާރުންދީފި

އިސްތިއުފާދެއްވި ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާއަށް ހިމާޔަތް ނުދޭނެކަމުގެ އިޝާރާތެއް އިނގިރޭސި ސަރުކާރުންދީފިއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންޑިއާއިން ލަންޑަނަށް ދަތުރުކޮށް އެސައިލަމް ހޯދުމަށް މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި، އެ ޤައުމަށް ދަތުރުކޮށް އެސައިލަމް ނުވަތަ ރެފިއުޖީ ސްޓޭޓަސް ހޯދުމުގެ ފުރުސަތު ބްރިޓިޝް ގާނޫނުތަކުން ނުދޭކަމަށް ޔޫކޭ ހޯމް އޮފީހުން ބުނެފައިވާކަމަށް އެންޑީޓީވީއިން ވަނީ ބުނެފައެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އިއްޔެ އިސްތިއުފާ ދިނުމަށްފަހު، ގައުމު ދޫކުރައްވައި ފިލާވަޑައިގެން ހަސީނާ މިހާރު ހުންނެވީ ދިއްލީގައެވެ.

އެންޑީޓީވީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޔޫކޭ ސަރުކާރުން ބުނެފައިވަނީ އެސައިލަމް ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދެންވާނީ "އެމީހަކު ފުރަތަމަ ދިޔަ ރައްކާތެރި ޤައުމެއްގައި" ކަމަށެވެ.

ލޭބަރ ޕާޓީ މިދިޔަ މަހު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން މިހާރު ޔޫކޭގެ ވެރިކަން ހިންގަމުން ގެންދަނީ ސަރ ކީރ ސްޓާމަރއެވެ.

"ޔޫކޭއަކީ ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެކަން ފޯރުކޮށްދިނުމުގެ ފަޚުރުވެރި ރެކޯޑެއް އޮތް ޤައުމެއް. ނަމަވެސް، ޔޫކޭއަށް ދަތުރުކޮށް އެސައިލަމް ނުވަތަ ވަގުތީ ރެފިއުޖީ ސްޓޭޓަސް ހޯދުމުގެ ފުރުސަތެއް ނެތް،" ޔޫކޭ ހޯމް އޮފީހުގެ ތަރުޖަމާނެއް އެންޑީޓީވީއަށް ބުނިކަމަށް އެޓީވީން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

"ބައިނަލްއަޤްވާމީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުން އެސައިލަމަށް އެދެންވާނީ އެމީހަކު ފުރަތަމަ ދިޔަ ރައްކާތެރި ޤައުމެއްގައި - އެއީ އެންމެ އަވަހަށް ރައްކާތެރިކަން ހޯދޭނެ ގޮތް،" އެ ތަރުޖަމާނު އިތުރަށް ބުންޏެވެ.

ނަމަވެސް، ރަސްމީ އެސައިލަމް ރިކުއެސްޓެއް ޕްރޮސެސް ކުރަމުންދާކަމުގެ އަޑުތައް ފެތުރެމުންދާކަމަށް އެންޑީޓީވީގެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.