އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރ އިބްރާހިމް ފަލާހް -- ފޮޓޯ: ވޮއިސް
ހަބަރު
06 Aug 2024 | 22:47
އެއްވެސް ލިޔެކިޔުމެއްނެތި 161 މިލިއަންރުފިޔާ އެކިއެކި ފަރާތްތަކަށް ހުރީ ދޫކޮށްފައި: މެމްބަރ ފަލާޙް

އެއްވެސް ލިޔެކިޔުމެއް ނެތި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖުމަންޓުން 161 މިލިއަން ރުފިޔާ އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ މިކިޔަނީ 161 ރުފިޔާގެ ވާހަކަ ނޫންކަމަށާއި އެއީ ބިލިޔަން ރުފިޔާގެ ވާހަކަ ކަމަށެވެ.

ފަލާހް ވިދާޅުވީ މިދައްކަނީ ހަމަ ސަރުކާރަކުން މިގައުމުގެ ރައްޔިތުންނާ ދޭތެރޭ ކޮށްފައި ހުރި ދެރަވަރު ކަންތައް ތަކުގެ ވާހަކަ ކަމަށެވެ.

ފަލާޙް ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަންޖެހެނީ އަދުގެ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބައެއް ސިޔާސީ ވެރިން ޓީވީތަކަށް އަރައިގެން މިސަރުކާރަކަށް ކަމެއްނުވެއޭ ކިޔައިގެން ދައްކަވަމުން ގެންދަވާ ދޮގު ވާހަކަތަކަށް ރައްދެއްދިނުމުގެ ގޮތުންކަމަށެވެ.

"ތިބޭފުޅުން ނިކަން ވިސްނަވާ 2008 ވަނައަހަރުން ފެށިގެން ވެރިކަމަށް އައި އެއްވެސް ސަރުކާރަކުން ވެރިކަމަށް އަންނަތާ ފުރަތަ 7 މަސް 8 މަސް ދުވަސްތެރޭގައި އަލަށް ފަށައިގެން އެއްވެސް ޕްރޮޖެކްޓެއް ނުހުންނާނެ ނިންމިފައެއް" 

މިރޭގެ ޖަލްސާގައި ފަލާޙް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ފަލާޙް އިތުރަށް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ކުރާތާއީދު ވަރަށް ސާފުކޮށް ފެންނަން އެބޮތްކަމަށާއި، އެކަން ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ އިންތިޚާބުން ސާފުވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއީ ހަޤީޤަތްކަމަކަށް އެކަމުގެ ސަބަބުން ރައްޔިތުނަށް ޤަބޫލެއް ނުކުރެވޭކަމަށެވެ.

"ފުރަތަ ރިޔާސީ އިންތިޚާބުން ރައްޔިތުން ޑރ.މުޢިއްޒު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެއޮތީ އިންތިޚާބު ކާމިޔާބު ކުރައްވާފައި، ޖެހިގެން މިއައީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ، މިހާތަނަށް ދިވެހި ތާރީޚްގައި ދުވަހަކުވެސް ރައްޔިތުން ރައީސަކަށް ނުދޭވަރުގެ ތާއީދެއް މިފަހަރު މިއޮތީ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައި، ދެން ކިހިނެއްތޯ ރައްޔިތުން އެވާހަކަތައް ޤަބޫލުކުރާނީ" 

ފަލާހް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރައީސް މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރެޔާ ދުވާލު މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ޚިދުމަތްތެރި މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރުމަށް ކަމަށެވެ. އަދި ރައީސް މުއިއްޒު އާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.