މާލޭ މަސްމާރުކޭޓުގައި މަސް ކަންޑަނީ: ފޮޓޯ/ ވޮއިސް
ހަބަރު
07 Aug 2024 | 11:25
ހުޅުމާލޭގައި މަސް ބަންދުކުރާ ފެސިލިޓީއެއް އަޅަނީ

މަސްވެރިކަމުގެ ވިޔަފާރިތަކަށް ހާއްސަ މަސް ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވެއްޖެއެވެ.

ރޭގެ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ސިނާން ވިދާޅުވީ ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މަސް އެކްސްޕޯޓް ކުރުމަށްޓަކައި ކުޑަ ޕެކިން ފެސިލިޓީއެއް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ

އަދި މީގެ އިތުރުން ޕެކިން ފެސިލިޓީ އެޅުމަށް ބޭނުންވާ ފައިސާ އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގެ އޮޕަރޭޝަންތައް ހިންގާނެ ގޮތްތައް ނިންމާނީ މިފްކޯއާ މަޝްވަރާކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވިސްނުން ހުރީ ހުޅުމާލޭގައި މިފްކޯއިން އެ ފެސިލިޓީ ތަރައްގީ ކުރިޔަސް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން މަދުން މަސް އެކްސްޕޯޓުކުރާ ފަރާތްތަކަށް ނޫނީ ޔޫނިއަންތަކަށް ދޭން،"ސިނާން ވިދާޅުވިއެވެ. 

ސިނާން ވަނީ މަސް އެކްސްޕޯޓް ކުރަން ބޭނުންވާ ކުދި ވިޔަފާރިތަކަށް މިވަގުތު އެހާފުޅާކޮށް އެ ފުރުސަތު ނެތް ކަމަށް ފާހަގަކުރައްވާ އެފަދަ ކުންފުނިތައް ޖެހެނީ ކޮންމެވެސް ބޮޑު އަމިއްލަ ބައެއްގެ އެހީއާއެކު މަސް އެކްސްޕޯޓް ކުރަން ކަމަށްވެސް ވިދާޅުވެފައެވެ.

އަދި 100 ނުވަތަ 200 ކިލޯ އެކްސްޕޯޓުކުރަން ބޭނުންވާ ބޭފުޅުންނަށް އެފުރުޞަތު ނެތް ކަމަށާއި އެކަހަލަ ކުޑަ ޕެކިން ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިފްކޯއާ ގުޅިގެ ހެދުތަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާވިދާޅުވިއެވެ.

މިކަމުގެ ސަބަބުން މެދުފަންތިއާއިކުދިފަންތީގެ ވިޔަފާރީއަށް ވަރަށް ހަނި ކަމަށާއި އެފަރާތްތަކަށް އެފަދަފެސިލިޓީއެއް އެޅުމާއި މަސް އެކަސްޕޯޓްކުރުމަށް ފުރުސަތުތައް ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާވިދާޅު ވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.