މިދިޔަ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު، އަހުމަދު މަހްލޫފު
ހަބަރު
07 Aug 2024 | 14:51
އެމްޑީއެން އުވާލަން ޖެހުނު ސަބަބު، ބޭރުގެ ފަރާތްތަކަށް ވާނީ ސާފުކޮށްދީފައި: މަހްލޫފް

އެމްޑީއެން އުވާލަންޖެހުނު ސަބަބު، ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކަށް ވަރަށް ރަނގަޅަށް ސާފުކޮށްދީފައިވާނޭކަމަށް މިދިޔަ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީއެން ޖަމިއްޔާ އުވާލަން ނިންމި ނިންމުން ބަދަލުކޮށް، އެ ޖަމިއްޔާ ރުޖޫޢަކުރަން އދ.ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ (އައިސީސީޕީއާރު) އިން ނެރުނު ބަޔާނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، އެމް.ޑީ.އެން އުވާލާފައިވާނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހުގައިކަމަށެވެ.

މަހްލޫފް ވިދާޅުވީ، އެމްޑީއެން އުވާލުމަށް ނިންމުމާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކުން އޭނާއާ ބައްދަލުކޮށް އަދި ފޯނުންކުރި މަޝްވަރާތަކުގައި، އެމްޑީއެން އުވާލުމަށް ނިންމި ސަބަބު ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާނޭކަމަށެވެ. މިގޮތުން އެމް.ޑީ.އެން އުވާލީ ކަނޑައެޅިގެން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އަދި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަތަކެއް ހުރުމުންކަމަށް ބޭރުގެ ފަރާތްތަކަށް ދަންނަވާފައިވާނޭކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެކްސްގައި އިތުރަށް މަހްލޫފް ވިދާޅުވެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަނުކޮށް އަދި ޤާނޫނާއި ގަވައިދުގެތެރެއިން މިނިވަންކަމާއެކު ޖަމުޢިއްޔާތައް ހިންގުމުގެ މަގުވަނީ ފަހިވެފައިވާނޭ ކަމަށެވެ.

އެމްޑީއެން އުވާލުމަށް ނިންމި ނިންމުމާ ގުޅޭގޮތުން އައިސީސީއާރުން ނެރެފައިވާ މުރާޖައާ ރިޕޯޓެއްގައި ބުނެފައިވަނީ، އެމްޑީއެން އުވާލުމަށް ނިންމާފައިވަނީ އިންސާފުވެރިކޮށް ކުރިއަށްގެންދިއަ ތަހްގީގަކަށްފަހުކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެމްޑީއެން އުވާލާފައިވަނީ އިސްލާމް ދީނާ ގުޅޭގޮތުން ނެރުނު ރިޕޯޓެއްގައި ދީނުގެ ބައެއް ކަންކަމަށް ވަރަށްބޮޑަށް ހަޖޫޖަހާފައި ހުރުމުގެ ސަބަބުންނެވެ. އެމްޑީއެން ރިޕޯޓްގައި ޖިހާދުކުރުމާއި، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ބައެއް އަދަބުތަކަކީ އިންސާނިއްޔަތާ ހިލާފް އަދަބުތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.