މެދުއިރުމަތީގެ ސަރުކާރުތަކުގެ ވެރިންނާ އެމެރިކާއިން އަބަދުވެސް ގެންދަނީ ގުޅުން ބަދަހިކުރަމުން -- ފޮޓޯ: އޭޕީ
ރިޕޯޓް
07 Aug 2024 | 22:45
މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް އެމެރިކާ ކުރާ މަސައްކަތް

މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށުމުގެ ބިރު އޮތް މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ސަރަޙައްދުގައި އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޑިޕްލޮމެޓިކް މަސައްކަތްތަކެއްގެ އިތުރުން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުއިތުރުކުރުމުގެ ގޮތުންވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ރިޕޯޓުގައި ކުރުގޮތަކަށް އަލިއަޅުވާލާނީ އެމެރިކާގެ މި މަސައްކަތްތަކާއި، އޭގެ ނަތީޖާތަކުގެ މައްޗަށެވެ.

ޑިޕްލޮމެޓިކް މަސައްކަތްތައް:

އެމެރިކާ ސަރުކާރުން ވަނީ ޑިޕްލޮމެޓިކް ގޮތުން ގިނަގުނަ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި އީރާނާއެކު ސިއްރު މުޢާމަލާތްތައް ކުރުމާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ހަރުކަށި އިންޒާރުތައް ދިނުން ހިމެނެއެވެ. މި އިންޒާރުތަކުގެ މަޤްޞަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅުމުން ދުރުހެލިވުމަށް ނެތަންޔާހޫއަށް ބާރުއެޅުމެވެ. މީގެ އިތުރުން، އެމެރިކާ ވަނީ ސަރަޙައްދުގައި އެ ޤައުމުގެ ކަނޑުގެ އަދި ވައިގެ ބާރުތައް ވެސް އިތުރުކޮށްފައެވެ.

އިސްރާއީލަށް ހަމަލާނުދީ އީރާނުން ލަސްކުރަނީ އެމެރިކާއާއި އިރާނާ ދެމެދު އޮތް ސިއްރު ގުޅުންތަކުގެ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ --

އީރާނުގެ ރައްދު:

ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިޔާ ތެހުރާނުގައި ޝަހީދުކޮށްލެވުނު ހާދިސާއާ ގުޅިގެން، އީރާނުން ބޮޑު ރައްދެއް ދޭނެކަމަށް ބެލެވުނެވެ. ނަމަވެސް، ވަރުގަދަ ބަދަލެއް ހިފާނެކަމުގެ އިންޒާރު ދިންތާ ހަފްތާއެއް ހަމަވާން ކައިރިވެފައިވާއިރު، އަދިވެސް އެއްވެސް ހަމަލާއެއް އީރާނުން އިސްރާއީލަށް ނުދީ ލަސްކުރުމަކީ މިހާރު އެ ޤައުމުން ބޮޑު ރައްދެއް ދިނުމުގެ ވިސްނުން ބަދަލުވެދާނެ ކަމެއް ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ، ހަނިއްޔާގެ މަރާ ގުޅޭގޮތުން އީރާނުގައި އޮޅުންއަރާފައިވާކަން ފާހަގަކުރެވޭތީއެވެ.

ފުރަތަމަ އީރާނުން ބުނީ ހަނިޔާ ޝަހީދުކޮށްލީ އިސްރާއީލުގެ މިސައިލަކުން ކަމަށެވެ. ނަމަވެސް، ފަހުން އެ ޤައުމުން ނިންމީ ހަނިއްޔާ ޝަހީދުކޮށްލީ މާކުރިން އެ އިމާރާތުގައި ހަރުކޮށްފައިވާ ބޮމަކުން ކަމަށެވެ. މިފަދަ ޓާގެޓް ކުރެވިގެން މީހުން މެރުމުގެ ޢަމަލުތައް އީރާނުން ވެސް ހިންގާކަމަށް ބެލެވޭތީ، އެ ޤައުމުން ބޮޑު ރައްދެއް ދިނުމުގެ ވިސްނުން ބަދަލުވެދާނެކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ ބާރު ދެއްކުން:

އެމެރިކާ ވަނީ އެ ސަރަޙައްދުގައި އެ ޤައުމުގެ ސިފައިންގެ ވަޞީލަތްތައް އިތުރުކޮށްފައެވެ. ޚާއްޞަކޮށް އިސްރާއީލާއި ފަލަސްތީނަށް ބާޜު ފޯރުވޭ ހިސާބުގައި އެމެރިކާގެ މަނަވަރުތައް އަބަދުވެސް ތައްޔާރީ ޙާލަތުގައި އޮވެއެވެ. މިއީ އެ ޤައުމުން ދައްކާ ބާރެކެވެ.

މީގެ އިތުރުން، އެމެރިކާއިން ވަނީ އީރާނަށް ސިއްރު މެސެޖުތަކެއް ވެސް ފޮނުވާފައެވެ. މި މެސެޖުތައް ފޮނުވާފައިވަނީ ސުވިޒަލޭންޑުގެ އެމްބަސީ އާއި އދ. ގައި ހުރި އީރާނުގެ މިޝަން މެދުވެރިކޮށެވެ. މި މެސެޖުތަކުގައި ހަނގުރާމައެއް ފެށުމުގެ ނުރައްކާ ވަރަށް ބޮޑުކަމާއި، އޭގެ ސަބަބުން އީރާނުގެ އާ ސަރުކާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ބަޔާންކޮށްފައިވާ ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައި ވެއެވެ.

އެމެރިކާގެ މަނަވަރުތައް މެދުއިރުމަތީގައި އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތުގައި -- ފޮޓޯ: އޭއެފްޕީ

އިސްރާއީލް-ޣައްޒާ ހަނގުރާމަ:

އެމެރިކާ މެދުވެރިވެގެން، ހުށަހެޅިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ތާއީދުކުރާކަމަށް ބެލެވެއެވެ. ކުރިން ނަތަންޔާހޫ އެ އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ބޭނުންވި ނަމަވެސް، މިހާރު އެ އެއްބަސްވުމަށް ބަދަލެއް ނުގެނެސް ތާއީދުކުރާކަމަށް ބެލެވެއެވެ. އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމާއި ހަނގުރާމައިގައި ދެފަރާތުން ހައްޔަރުކުރި ގައިދީން ބަންދުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ.

ނިންމުން:

މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު އަދިވެސް ވަރަށް ބޮޑު ނަމަވެސް، ރައީސް ޖޯ ބައިޑަންގެ މަސައްކަތްތަކުގެ ސަބަބުން އެކަން ހުއްޓުވުމަށް ގެނައުމަށް ކޮންމެވެސް ވަރަކަށް ކުރިއެރުން ލިބިފައިވާކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ލުބުނާންގައި ހަރަކާތްތެރިވާ އީރާނުގެ ޕްރޮކްސީ ބާރު ކަމުގައިވާ ހިޒްބުﷲ އަކީ އަދިވެސް ނުރައްކާތެރި ބާރެއްގެ ގޮތުގައި ދެމިއޮތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އަދިވެސް ސަރަޙައްދުގައި ހަނގުރާމައެއް ފެށުމުގެ ނުރައްކާ އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.