ޖަލު ގައިދީން ތަކެއް : ފޮޓޯ/އޭއޭ ނިޔުސް
ދުނިޔެ
08 Aug 2024 | 10:42
އީރާނުގައި އެންމެ ދުވަހަކު، 29 މީހުންނަށް މަރުގެ އަދަބު ދީފި

އީރާނުގެ ޖަލުތަކުގައި އެއް ދުވަހުގެ ތެރޭގައި 29 މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

މީގެ ތެރެއިން 26 މީހުންނަށް މަރުގެ އަދަބުދީފައިވަނީ އިރާނުގެ ވެރިރަށް ތެހެރާނުގެ ބޭރުގައި އޮންނަ ގެޒެލް ހެސާ ޖަލުގައި ގްރޫޕެއްގޮތަށް ބައިތިއްބައިގެންކަމަށާއި އިތުރު ތިން މީހަކު މަރާލާފައިވަނީ ކަރާޖުގެ ސިޓީ ޖަލުގައި ކަމަށް ނޯވޭގައި ހުންނަ އިރާން ހިއުމަން ރައިޓްސްއިން ބުނެފައިވެއެވެ.

އީރާނުން އެ މީހުން ދަންޖައްސައިފައި ވަނީ 2022 ވަނަ އަހަރުގެ މުޒާހަރާތަކާ ގުޅުންހުރި މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ބައިނަލްއަގުވާމީ ފާޑުކިޔުން އެ ގައުމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

2022 ވަނަ އަހަރުގެ އިހުތިޖާޖުތަކާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ މެންބަރެއް މެރުމުގެ ކުށުގައި މަރުގެ އަދަބުދިން 30 އަހަރުގެ ޣުލަމްރެޒާ ރަސާއީއަކީ މި މައްސަލައާ ގުޅިގެން މަރުގެއަދަބުދިން 10 ވަނަ މީހާއަށް ވާއިރު އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ މިކަން ކުށްވެރިކޮށްފައެވެ.

އަދި މީގެ ތެރޭގައި އަފްޣާނިސްތާނުގެ ދެ ރައްޔިތުންވެސް ހިމެނެއެވެ. މި ދެ މީހުންގެ މައްޗަށް މީހަކު މެރުމާއި، މަސްތުވާތަކެތި އަދި ރޭޕްގެ ދަޢުވާ ސާބިތުވެފައިބާކަމަށް ވެސް އެވުޒާރާއިން ވަނީހާމަކޮށްފައެވެ.

 މި އަހަރުގެ މިހާތަނަށް އީރާނުގައި 345 މީހުންނަށް މަރުގެ އަދަބުދީފައިވާ ކަމަށް އީރާން ހިއުމަން ރައިޓްސްގެ މަޢުލޫމާތުން ދައްކައެވެ.

އީރާނުގެ ސަރުކާރުން ބުނާގޮތުގައި މަރުގެ އަދަބަކީ ކުށްކުރުން ހުއްޓުވުމަށާއި، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު އަދަބެކެވެ.

ޗައިނާ ފިޔަވައި އެންމެ ގިނައިން މަރުގެ ޙުކުމް ތަންފީޛުކުރާ ޤައުމަކީ އީރާނެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ދެކޭގޮތުގައި އީރާނުން މަރުގެ ޙުކުމް ތަންފީޛުކުރަނީ މުޖުތަމަޢުގައި ބިރުވެރިކަން އުފެއްދުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.