އެންޓި ޓްރެފިކިން އޮޕަރޭޝަންގައި ހިފަހައްޓާފައިވާ މީހުން: ފޮޓޯ/ ބަރްނާމާ ނިވްސް
ހަބަރު
08 Aug 2024 | 13:09
22 އަހަރުގެ ދިވެހި އަންހެނަކު މެލޭޝިއާއިން ހައްޔަރު ކޮށްފި

އިންސާނީ ވަގުފާރި ހުއްޓުވުމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 22 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުކިޓް އަމަން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ބުނެފިއެވެ.

މެލޭޝިއާގެ ފެޑެރަލް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ދަތުކް ސެރީ މުހައްމަދު ޝުހައިލީ މުހައްމަދު ޒައިން ވިދާޅުވީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެދުވަހު ހެނދުނު 10:30 ހާއިރު ޖަލަން އަމްޕަންގް ކައިރީގައި ހުންނަ ކޮންޑޮމިނިއަމް ކޮމްޕްލެކްސްއެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި އެންޓި ޓްރެފިކިން އޮފް ޕީޕަލް އެންޑް ސްމަގްލިން އޮފް މައިގްރޭޓްސް (އޭޓީޕީއެސްއޯއެމް) ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓެންޒޭނިއާގެ އުމުރުން 24 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފައުވާ ކަމަށާ އޭނާ އަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވި މީހެއް ކަމަށް ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން،ޝުހައިލީ ވިދާޅުވީ މި އޮޕަރޭޝަންގައި އެފްރިކާ ދަރިކޮޅުގެ 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި 33 އަހަރާއި 35 އަހަރުގެ ނައިޖީރިއާގެ ދެ ފިރިހެނުން ވެސް ހިމެނޭ ކަމަށެވެ.

އިމިގްރޭޝަން ގާނޫނުގެ 15 ވަނަ މާއްދާގެ (1) ގެ ދަށުން ޔޫގެންޑާގެ 28 އަހަރާއި 29 އަހަރުގެ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (1) ގެ ދަށުން ދެ އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު 13 އަންހެނަކު ވަނީ ހިފަހައްޓާފަ އެވެ.

ހަމަ އެހެންމެ، އިމިގްރޭޝަންގާނޫނުގެ 55 ޑީ މާއްދާގެ ދަށުން، އުމުރުން 31 އަހަރާއި 36 އަހަރުގެ ނައިޖީރިއާގެ ދެ އަންހެނަކާއި 22 އަހަރުގެ ދިވެހި އަންހެނަކުވެސް ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެ މާއްދާގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވިސާ, ހުއްދަ, ފާސް ނުވަތަ ސެޓްފިކެޓެއްގެ ހެއްދުމަށް ފޭކު ލިޔުމެއް ހައްދައި ނުވަތަ ފޯޖުކޮށް ނުވަތަ ބަދަލުކޮށްފި ނަމަ އެ ގާނޫނާ ހިލާފުވިކަމުގެ ކުށް ސާބިތުވާނެއެވެ.

މި މާއްދާއާ ހިލާފުވާ ފަރާތްތަކުގެ އަދަބަކީ 30،000 ރިންގިޓާއި 100،000 ރިންގިޓާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއި، ހަ ފަހަރު ހައްދު ޖެހުމުގެ އަދަބެވެ.

ހައްޔަރުކުރި އެންމެން ވަނީ އިތުރު ތަހުގީގާއި ވިކްޓިމް އައިޑެންޓިފިކޭޝަން މަރުހަލާއަށް ވަންގްސާ މަޖޫ ޕޮލިސް ހެޑްކުއާޓަރަށް ގެންގޮސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.