ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Aug 2024 | 21:22
ބަނގުލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ ވެރިޔާ ޑރ.ޔޫނުސްއަށް ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަނގުލާދޭޝްގެ އިންތިޤާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަޤާމަށް ޑރ. މުޙައްމަދު ޔޫނުސް އައްޔަންކުރެއްވުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، ދިގު މުއްދަތެއްގެ ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުންނާއި ގާތް ބައިވެރިއެއްގެ ގޮތުން، ޑރ. ޔޫނުސްގެ ވެރިކަމުގެ ދަށުން ބަނގުލާދޭޝްގެ ރައްޔިތުންނަށް އެއްބައިވަންތަކަމާއި، ސުލްޙަވެރިކަމާއި، ފާގަތިކަން ލިބުމަށް ދިވެހިރާއްޖެއިން އެދޭ ކަމަށެވެ.

ޑރ. މުޙައްމަދު ޔޫނުސްއަކީ ނޮބެލް ހާސިލުކުރައްވާފައިވާ އިޤްތިޞާދީ މާހިރެއް ކަމާއި، ބަނގުލާދޭޝްގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އޭނާ މި މަޤާމަށް އައްޔަންކުރެއްވުމަކީ ބަނގުލާދޭޝްގެ ސިޔާސީ މަޝްރަޙުގައި މުހިންމު ބަދަލެއް ކަމުގައި ބެލެވެއެވެ.

ބަނގްލާދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލައި ޑރ.ޔޫނުސް އެސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަޤާމަށް ހަމަޖައްސާފައިވަނީ އެގައުމުގައި 15 އަހަރުގެ ދިގުވެރިކަމެއް ކުރެއްވި ޝޭޚް ހަސީނާ މަޤާމުން އިސްތިއުފާ ދެއްވާ ގައުމުދޫކުރައްވާ އިންޑިއާއަށް ފިލާވަޑައިގަތުމާއި ގުޅިގެންނެވެ.

ހަސީނާ އިސްތިއުފާ ދެއްވީ އެގައުމުގެ ސަރުކާރުގެ ވަޒިފާތައް ވަކިބަޔަކަށް ބޮޑުއިންސައްތައެއް ހަމަޖެއްސުމަށް ކަނޑައެޅި ކޯޓާއާއި މެދު ގިނަބަޔަކު ހިތްހަމަނުޖެހިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތަކަކަށް ބަދަލުވުމާއި ގުޅިގެން ޕްރެޝަރު ބޮޑުވެގެންނެވެ. އެ ހަމަނުޖެހުންތަކުގައި 400 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.

ދިވެހިރާއްޖެއާއި ބަނގުލާދޭޝްއަކީ އެތައް އަހަރެއްގެ ގުޅުން އޮތް ދެ ޤައުމެއް ކަމާއި، މި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.