މޯލްޑިވްސް މަރުކަޒީ ބޭންކް -- އެމްއެމްއޭ
ހަބަރު
08 Aug 2024 | 22:07
އެމްއެމްއޭގެ އޮނިގަނޑަށް ބަދަލު ގެނެސް 5 މެނޭޖިން ޑިރެކްޓަރުން ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ބަދަލު ގެނެސް، އެ އޮތޯރިޓީއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު އެމްއެމްއޭއިން ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަޤާމަށް، ހުނަރުވެރި، ޤާބިލު އަދި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ބޭނުންވާ ކަމަށެވެ.

އެމްއެމްއޭއިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަށް އިއުލާންކޮށްފައިވާ ފަސް ދާއިރާއަކީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިން އޮޕަރޭޝަންސް، ކޯޕޮރޭޓް ސާވިސަސް އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓެވެ.

މި މަޤާމުތަކުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށާއި، މުސާރައާއި އިނާޔަތްތަކަކީ 50,000 ރުފިޔާއާއި 55,000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެއް ކަމަށެވެ. އެމްއެމްއޭގެ އޮނިގަނޑަށް މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އެ އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި އައު ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށް ވެއެވެ.

މި ބަދަލުތަކުގެ މަޤްޞަދަކީ އެމްއެމްއޭ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުން ކަމަށް އެބޭންކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.