އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޢަލީ ސަޢީދު --
ހަބަރު
08 Aug 2024 | 23:49
އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކަކުން ޑރ.ޝަހީމް ފަހަތަށް ނުޖެއްސޭނެ: ޕީއެންސީ

އަބުރު ކަތިލުމަށްޓަކައި ރާވައިގެން ބަޔަކު ފަތުރާ ދޮގު ވާހަކަތަކަކުން ޑރ.ޝަހީމް ފަހަތަށް ނުޖެއްސޭނެކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފިއެވެ. 

ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑރ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެބޭފުޅެއްގެ ޚިދުމަތްތައް އަގުވަޒަންކުރާ ބޭފުޅެއްކަމަށާއި އަބުރުކަތިލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކާއި، ފަތުރަމުންދާ ދޮގު ވާހަކަތަކެއްގެ ސަބަބުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށެވެ.

އަދި މީގެ އިތުރުން ޑރ. ޝަހީމުގެ އަބުރުކަތިލުމަށް ހިންގަމުންދާ ކަންކަން ވަގުތުން ހުއްޓާލުމަށްވެސް ޕީއެންސީގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ގެންދަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ނަމޫނާ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ދީނީ ސިޔާސަތުތައް ތަންފީޒުކުރަން ފަށާފައިވާއިރު ޝަހީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަޚުރުވެރިވާކަމުގައިވެސް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޑރ. ޝަހީމްއާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތަކެއް ފަތުރަމުންދާއިރު، އަދި ފޭކް ވީޑިއޯތަކާއި، އެކިއެކި އެޑިޓް ފޮޓޯތައް ޢާއްމުކުރަމުންދާއިރު، ޑރ. ޝަހީމު ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ހަޖަމުނުވާ އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ޝަހީމްއާބެހޭގޮތުން ދޮގު ވާހަކަތައް ފަތުރައި އަބުރުކަތިލުމަށް މަސައްކަތްކޮށްފައެވެ. އަދި އެކަން ނާކާމިޔާބު ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.