މިދިޔަ އަހަރު ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން....
ހަބަރު
09 Aug 2024 | 09:11
ތުލުސްދޫގައި މިފަހަރު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެގެންދާނީ ތާރީހީ އިވެންޓަކަށް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި ފެށުމަށް ތައްޔާރުވަމުންދާއިރު، މިފަހަރުގެ އިވެންޓް ވެގެންދާނީ ތާރީހީ އިވެންޓަކަށެވެ. ސަބަބަކީ މިފަހަރުގެ މި އިވެންޓަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް މުބާރާތުގެވެސް ކޮލިފައިން އިވެންޓަކަށް ވުމެވެ.

މިމަހުގެ 17 އިން ފެށިގެން 24 ނިޔަލަށް ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިފް މި އިވެންޓް ވެފައިވަނީ މިހާތަނަށް ބައިނަލްއަޤްވާމީ ސާފިން ކޮލިފައިން އިވެންޓެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށެވެ. ވޮއިސް ސްޕޯޓްސް އާ ވާހަކަދައްކަވަމުން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހު ވިދާޅުވީ މިފަހަރު ބާއްވާ އޭޝިއަން ސާފިން ޗެމްޕއަންޝިޕް ވެގެންދާނީ ވަރަށް ހާއްސަ މުބާރާތަކަށް ކަމަށެވެ.

"މިފަހަރުގެ އިވެންޓް ވަރަށް ހާއްސަ. އެޝިއަން ގޭމްސްގައި މިފަހަރު ފުރަތަމަ ފަހަރަށްސާފިން ހިމެނޭއިރު، މި މުބާރާތުގެ ފުރަތަމަ ކޮލިވައިން އިވެންޓް ރާއްޖޭގައި ބެއްވޭކަމީ ވަރަށް ތާރީހީކަމެއް" ސޮބާހް ވިދާޅުވިއެވެ.

މިދިޔަ އަހަރު ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން.... 

މިފަހަރުގެ އޭސިއަން ސާފިން އިވެންޓް ހާއްސަ ވެގެންދާ އަނެއް ކަމަކީ ގިނަ އަދަދެއްގެ އެތްލީޓުން ވާދަކުރާ މުބާރާތަކަށް ވުމެވެ. އެގޮތުން 20 ޤައުމަކުން މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް 120 އަށްވުރެ ގިނަ އެތްލީޓުން އައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޓީމްތަކުގެ ޓެކްނިކަލް އޮފިޝަލުންނާއި އެނޫންވެސް އޮފިޝަލުންނާއެކު 200 އަށްވުރެ ގިނަ މީހުން މުބާރާތަށް ރާއްޖެ އަންނާނެއެވެ.

މުބާރާތުގައި ވާދަކުރާ ޑިވިޝަންތައް:

·      ފިރިހެނުންގެ ޝޯޓްބޯޑް

·      އަންހެނުންގެ ޝޯޓްބޯޑް

·      ފިރިހެން 18 އަހަރުންދަށް

·      އަންހެން 18 އަހަރުންދަށް

·      އަލޯހާ ކަޕް ޓީމް އިވެންޓް

މިދިޔަ އަހަރު ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން.... 

އޭޝިއާގެ ސާފިން އެންމެ ބޮޑު މުބާރާތް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ މިދިޔަ އަހަރުގެ މި މުބާރާތްވެސް ބާއްވާފައިވަނީ ތުލުސްދޫގައެވެ. މި މުބާރާތް ރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވިގެން މިދަނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނާއި ތުލުސްދޫގެ ސާފިން އެސޯސިއޭޝަނާއި އެރަށުގެ ކައުންސިލްގެ މަސައްކަތުންނެވެ. އޭޝިއަން ސާފިން ފެޑަރޭޝަނުން އިންތިޒާމް ކުރާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބެއްވިގެންދާކަމީ ރާއްޖޭގެ ސާފިން އެތްލީޓުންނަށް ލިބިގެންދާނޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނޭކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ދެކެއެވެ. ސަބަބަކީ މި އިވެންޓްގައި ވާދަކުރާ ތުލުސްދޫއަށް ނިސްބަތްވާ އެތްލީޓުންވެސް ތިބުމެވެ.

މިދިޔަ އަހަރު ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން.... 

އޭޝިއަން ޗެމްޕިއަންޝިޕް މިދިޔަ އަހަރުގެ މުބާރާތަށް ބަލާއިރު، މުބާރާތުގައި ރާއްޖޭންވެސް ވަނީ މެޑަލެއް ހޯދާފައެވެ. މިގޮތުން މުބާރާތުގެ ފިރިހެނުންގެ ޝޯޓްބޯޑް އިވެންޓަށް ބަލާއިރު، ގޯލްޑް މެޑަލް ހޯދީ އިންޑޮނޭޝިއާއެވެ. ސިލްވަރ މެޑަލް ޖަޕާން ހޯދިއިރު، ބްރޯންޒް މެޑަލް ހޯދީ ރަސްމާދޫއަށް ނިސްބަތްވާ ދިވެހިރާއްޖޭގެ ސާފިން ލެޖެންޑް ހުސައިން އަރީފެވެ.

އޭޝިއާ ޤައުމުތަކުގެ ރޭންކިންއަށް ބަލާއިރު، ފިރިހެނުންގެ ބައިގެ ރިހިމެޑަލް ހޯދާފައިވަނީ ދިވެހިރާއްޖެއެވެ. މުޅި މުބާރާތަށް ބަލާއިރު، ރާއްޖޭގެ ހުސެއިން އަރީފް ވަނީ ފިރިހެނުންގެ ސޯޓްބޯޑްގެ ބައިން ބްރޯންޒް މެޑަލާއި، ފިރިހެނުންގެ އިވެންޓުން ސިލްވަރމެޑަލުގެ އިތުރުން އަލޯހާ ކަޕް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.