އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޖަޔަޝަންކަރާއި ދިވެހި ހާރިޖިއްޔާ، ބޭއްވި ރަސްމީ ބައްދަލުވުމުގެ ތެރެއިން...
ހަބަރު
10 Aug 2024 | 00:08
އަވައްޓެރި ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ ވަރަށް ހާއްސަ ޤައުމެއް: ޖަޔަޝަންކަރު

ދިވެހިރާއްޖެ އާއި އިންޑިއާ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބަލާއިރު، ރާއްޖެއަކީ ވަރަށް ހާއްސަ ޤައުމެއްކަމަށް  އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދިވެހި ހާރިޖިއްޔާގެ އޮފީހުގައި ދެއްވި މީޑިއާ ބަޔާނުގައި ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަކީ އިންޑިއާއިން ވަރަށް ހާއްސަ އިސްކަމެއްދެމުން އަންނަ ޤައުމެއް ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާދެމެދު އޮތީ ވަރަށް ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވަމުން ޖަޔަޝަންކަރު ވިދާޅުވީ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ދެމެދު ގުޅުންއޮތީ އެގޮތުގައި ކުރިއަށްކަމަށެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސަތަށް ބަލާއިރު އަވައްޓެރިޤައުމުތަކަށް ހާއްސަ އިސްކަމެއްދެއްވާއިރު، އޭގެ ތެރެއިންވެސް ދިވެހިރާއްޖެއަކީ ވަރަށް ހާއްސަ ޤައުމެއް

ޖަޔަޝަންކަރު ވިދާޅުވިއެވެ. 

ޖަޔަޝަންކަރުވިދާޅުވީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ރާއްޖެއާއެކު އޮތީ އިހުއޮތްފަދަ ގުޅުމެއް ކަމަށާއި، ދިމާވާ ކަންކަމާ ކުރިމަތިލައި އިންޑިއާ އޮންނާނީ ހުރިހާ ގޮތަކުންވެސް އެހީވެދޭ ޤައުމެއްގެ ގޮތުގައިކަމަށެވެ. މިގޮތުން މިވީހާތަނަށް އިގްތިސާދީގޮތުން ރާއްޖެއަށް ވެދެވުނު އެހީތެރިކަން ޖަޔަޝަންކަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރުމަށާއި، ބަޖެޓް ސަޕޯޓުގެ އިތުރުން މަޝްރޫޢުތަކަށް އެހީތެރިވެދީފައިވާކަމަށް ޖަޔަޝަންކަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ޖަޔަޝަންކަރު ވިދާޅުވީ ރާއްޖެއަށް ވަޑައިގަތުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށާއި، މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑރ.މުހައްމަދު މުއިއްޒު ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުކަމަށެވެ.

ޖަޔަޝަންކަރުގެ މި ދަތުރުފުޅުގައި މާދަމާ އިކޮނޮމިކް މިނިސްޓަރާއި، ފިނޭންސް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.