ދަތުރުކުރަމުންދަނިކޮށް ވެއްޓުނު މަތިންދާ ބޯޓު-- ފޮޓޯ: ސީއެންއެން
ދުނިޔެ
10 Aug 2024 | 10:17
ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެ

ބްރެޒިލްގެ ސައޯ ޕައުލޯގެ ބޭރުން ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓެއް ވެއްޓި، އޭގައި ދަތުރުކުރަމުންދިޔަ 61 މީހުން މަރުވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން މި ބޯޓް ނިސްބަތްވާ އެއާލައިން ކަމަށްވާ ވޮއެޕާސް އިން ނެރުނު ބަޔާނެއްގައި ބުނީ، 57 ފަސިންޖަރުންނާއި 4 ކްރޫ މެމްބަރުންނާއިއެކު ޖުމްލަ 61 މީހުން ދަތުރުކުރަމުންދިޔަ, މި ފްލައިޓްގައި ތިބި އެންމެން މަރުވެފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެ ހުރިހާ ފަސިންޖަރުންނަކީ ވެސް ބްރެޒިލަށް ނިސްބަތްވާ މީހުން ކަމަށާއި، އެމީހުންގެ އަތުގައި ދެ ޤައުމަށް ނިސްބަތްވާ ޕާސްޕޯޓް  އޮތްކަން މިހާތަނަށް ކަށަވަރު ކުރެވިފައިނުވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ވެއްޓުނު ބޯޓަކީ އޭޓީއާރު މަރުކާގެ 72-500 ބޯޓެކެވެ. ފްލައިޓް ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި މި ބޯޓުވަނީ މިނެޓެއްގެ ތެރޭގައި 17،000 ފޫޓު ތިރިއަށް ޖެހި ބިމަށް ވެއްޓިފައެވެ. މި ހާދިސާ ހިނގި ސަބަބެއް އަދި ހާމަވެފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ މިހާދިސާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ބޯޓު ވެއްޓި އޭގައި ނުހަނު އަވަހަށް އަލިފާން ރޯވާތަން މި ވީޑިއޯ ތަަކުން ފެނެއެވެ.

ވީޑިއޯތަކުން ބޯޓު އެންބުރެމުން ބިންމައްޗަށް ވެއްޓޭތަންފެނެއެވެ. މިހާދިސާގައި އެވަގުތު އެ ސަރަހައްދުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.