ރ.އަތޮޅު ކައުންސިލުން ކުރިއަށްގެންދިޔަ ލައިސަންސް ނެގުމުގެ ޕްރޮގްރާމުގެ ތެރެއިން...
10 Aug 2024 | 21:26
ރ.އަތޮޅު ކައުންސިލުން ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމުގައި ގިނަ ބަޔަކު ބައިވެރިވެއްޖެ

ރ.އަތޮޅު ކައުންސިލުން އިސްނަގައިގެން މި ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އޭ ޒޯނުގެ ލައިސަންސް ދޫކުރުން އަތޮޅު ކައުންސިލްތަކަށް ލިބިދީފައިވާއިރު، ރ.އަތޮޅު ކައުންސިލުން ލައިސަންސް ނެގުމުގެ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ އާއި މިއަދު ރ.އަތޮޅުގެ ވެރިކަންކުރާރަށް އުނގޫފާރުގައެވެ.

ރ.އަތޮޅު ކައުންސިލުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމާ ގުޅޭގޮތުން ވޮއިސް އާ ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް، ހުސެއިން ނާސިފް ވިދާޅުވީ، ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ މިކަމަށް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. މިގޮތުން މިއަދު ނިމިގެންދިޔަ ލައިސެންސް ނެގުމަށް ގިނައިން ހާޒިރުވެފައިވަނީ އަންހެނުންކަން ނާސިފް ފާހަގަކުރެއްވިއެވެ.

ވީހާވެސް ލުއި ފަސޭހަވާނޭ ގޮތަކަށް ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހަފްތާބަންދުގައި ލައިސަންސްގެ ޚިދުމަތަށް ހުޅުވާލުމުން އަތޮޅުގެ ގިނަ ރައްޔިތުން ހެޔޮ ގޮތުގައި ފުރުސަތުގެ ބޭނުން ހިފިކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާކަމެއް

ރ.އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފް ވިދާޅުވިއެވެ.

ލައިސަންސް ދޫކުރުމުގެ އުސޫލަށް މިފަހުން އައިސްފައިވާ ބަދަލަށް ބަލާއިރު، މިހާރު އޭޒޯން ލައިސަންސް ދޫކުރާނީ ހަމައެކަނި އަތޮޅު ކައުންސިލްތަކުންނެވެ. ނާސިފް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމި މައިގަނޑު ސަބަބަކީ، ސީ ޒޯން ލައިސަންސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި އޭ ޒޯން ލައިސަންސް ނެގޭނޭ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށެވެ. މީގެ އިތުރުން ރަސްމީ ދުވަސްތަކުގައި އެކަނި ލައިންސް ޚިދުމަތް ދިނުމުން ސަރުކާރު މުވައްޒަފުންނަށް އެކަމުގައި ކުރިމަތިވާ ދަތިތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ނާސިފް ވިދާޅުވިއެވެ.

މިހާރުވެސް އިތުރު ދުވަސްތަކުގައި މި ޕްރޮގްރާމް ބާއްވައިދިނުމަށް ރައްޔިތުންގެ ފަރާތުން އެދެމުންދާކަމަށާއި، ރ.އަތޮޅު ކައުންސިލްގެ ވިސްނުމަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް ލުއިފަސޭހަވާނޭ ފަދަ ގޮތަކަށް މިފަދަ ކަންކަމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުންކަމަށްވެސް ނާސިފް ފާހަގަކުރެއްވިއެވެ. 

ރ. އަތޮޅަކީ އާބާދީ ބޮޑު، ރާއްޖޭގެ ނިސްބަތުން އާބާދީގެ ތިންވަނަ އަތޮޅެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު، އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން  އެ ރަށްތަކުގައި 17،565 މީހުން ދިރިއުޅެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އެކްސިންޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.