ރޭ އޮތް ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕޮލިސް
ހަބަރު
11 Aug 2024 | 22:31
ފުލުހުން އަޅާ ކޮންމެ ފިޔަވަޅަކީ ހައްގެއް ނިގުޅައިގަތުން ކަމަށް ދުށުމަކީ ގޯހެއް: އިޙްސާން

ފުލުހުން އަޅާ ކޮންމެ ފިޔަވަޅަކީ ހައްގެއް ގެއްލުވާލުން ކަމަށް ދުށުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެފަދަ ވިސްނުމަކުން ފުލުހުންނަށް އެބިއުސްވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި ވާހަކަފުޅު ދެއްކެވީ ފުލުހުންގެ 'ރައްކާ ރޯޑް ޝޯ' ފެށި ތާ 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލަކުގައި ބޭއްވުނު ޙަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އިޙްސާން ވިދާޅުވީ ޤާނޫނު ތަންފީޒުކުރުމުގައި ދަތިތަކެއް ހުންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތަކީ މީހަކު ޤާނޫނާ ޚިލާފުވުމުން ކުރަންޖެހޭ ކަމެއްކަންވެސް ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޤާނޫނާ ޚިލާފުވާ ކުދިންނަށް ފިޔަވަޅު ނޭޅި އިޞްލާޙެއް ނުކުރެވޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. ނުބައި މަގުން ދާ ކުއްޖާ ސަލާމަތްކުރަން މަސައްކަތްކުރާއިރު، ގިނަފަހަރު އެ ކުއްޖާ އިތުރަށް ނުބައި މަގަށް ދިއުމަށް މަގުފަހިވޭ. މި ގޮތް އަޅުގަނޑުމެން ބަދަލުކުރަންޖެހޭ،" 

އިޙްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގައި ދިވެހިންގެ ވިސްނުން ހުރީ މިހާރާ ތަފާތުކޮށް ކަމަށެވެ. މިސާލަކަށް ކުއްޖެއްގެ މައްސަލަ ރަށު އޮފީހަށް ހުށަހެޅުނު ނަމަ، އޭރުގެ ބެލެނިވެރިން އެ ކުދިންނަށް އަދަބުދޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެ، ހާދިސާގެ ތަފްސީލަށް ނުބަލައި ބެލެނިވެރިން މައްސަލަ ހުށަހަޅަނީ ކޮމިޝަންތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޙްސާން ވިދާޅުވީ ގިނަ ގާނޫނުތަކެއް ތަންފީޒުވަމުން އަންނައިރު ގިނަ މީހުންނަށް އުނދަގޫވާނެ ކަމަށެވެ. އެއީ މިހާތަނަށް ގިނަ ފަހަރަށް ގާނޫނުތައް ތަންފީޒުނުވެ އޮތުމުން އޭގެ ފައިދާ އާއި މަންފާ ލިބުނު ބަޔަކު ތިބެދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.