ހާދިސާ ހިނގި ސަރަޙައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ފޮޓޯ: ސީއެންއެން
ދުނިޔެ
11 Aug 2024 | 22:46
ލަންޑަންގެ ރެސްޓޯރަންޓެއްގައި ވަޅިން ހަމަލާދީ 4 މީހުން ޒަޚަމްކޮށްލައިފި

ލަންޑަންގެ ފޮރެސްޓް ގޭޓްގެ ރެސްޓޯރަންޓަކަށް ވަނުމަށް މަސައްކަތްކުރި ބަޔަކު ވަޅިން ހަމަލާދީ 4 މީހުން ޒަޚަމްކޮށްލައިފިއެވެ.

ހޮނިހިރު ދުވަހުގެ ފަތިހު ހިނގި މިހާދިސާގައި ހަމަނުޖެހުން ހިންގާފައިވަނީ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ފޮރެސްޓް ގޭޓްގެ ރޮމްފޯޑް މަގުގައި ހުންނަ "ބްރޯންޒް ރޯޔަލް އެފްރިކަން ބާ" ގައެވެ.

ފުލުހުން ބުނީ އެތަނަށް ވަނުމަށް ކަތިވަޅިއަކާއެކު ބަޔަކު މަސައްކަތްކުރަމުންދާކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދިޔަކަމަށެވެ. ފުލުހުން އެ ސަރަޙައްދަށް ދިޔައިރު، ކުދިކުދި ޒަޚަމްތަކެއް ލިބިފައިވާ ތިން މީހުން ފެނުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި، އެ މަގާ ގުޅޭ ހިސާބުގައި އިތުރު މީހަކު ޒަޚަމްވެފައި އޮތްކަމުގެ ރިޕޯޓެއް ލިބުނުކަމަށާއި، ފުލުހުން އެ ސަރަޙައްދަށް ދިޔައިރު، ފައިގައި ވަޅިންޖަހައި ޒަޚަމްކޮށްލައިފައިވާ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަަމަށްވެސް ފުލުހުންނާ ހަވާލަދީ ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލައިގެ ތަޙުޤީޤު އަވަސް ގޮތެއްގައި ކުރިއަށްދާ ކަމަށް މެޓްރޮޕޮލިޓަން ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ. އަދި އާދިއްތަ ދުވަހުވެސް ހާދިސާ ހިނގި ސަރަޙައްދުގައި ކުށުގެ މަސްރަޙު ޤާއިމުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ލަންޑަން އެމްބިއުލަންސް ސަރވިސްއިން މި ހާދިސާއަށް އިޖާބަދިނުމަށް ތިން އުޅަނދެއް ފޮނުވާފައިވެއެވެ. އެ ސަރވިސްގެ ފަރާތުން ބުނެފައިވަނީ ތިން މީހަކަށް ފަރުވާދީފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކު ވަނީ ބޮޑެތި އަނިޔާތަކަށް ފަރުވާދޭ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.