ބަނގްލާދޭޝްގެ ފުލުހުންގެ ހަޅުތާލު ހުއްޓާލީ އާސަރުކާރުގެ އުންމީދުތަކާއެކު -- ފޮޓޯ: ޑާކާޓްރިބިއުން
ދުނިޔެ
11 Aug 2024 | 23:06
ބަނގްލާދޭޝްގައި ފުލުހުން ކުރަމުންދިޔަ ހަޅުތާލު ހުއްޓާލައިފި

ބަނގްލާދޭޝްގައި ފުލުހުން ކުރަމުންދިޔަ ހަޅުތާލު ހުއްޓާލައިފިކަން އެގައުމުގެ ފުލުހުންގެ ފަރާތުން އިއުލާންކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، އިންސްޕެކްޓަރ ޒާހިދުލް އިސްލާމް އަދި ކޮންސްޓަބަލް ޝުއައިބު ހަސަން، ހަޅުތާލު ހުއްޓާލިކަން އިއުލާނު ކުރީ އާދީއްތަ ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ.

ސަރުކާރަށް ހުށަހެޅި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި، އެންމެން އަނބުރާ ވަޒީފާއަށް ނުކުންނާނެ ކަމަށް އުންމީދުކުރާ ކަމަށް އެމީހުން ބުނެފައިވެއެވެ.

ބަންގްލަދޭޝް ޕޮލިސް ސަބޯޑިނޭޓް އެމްޕްލޯއީސް އެސޯސިއޭޝަނުން މި ހުއްޓުވާލުން އިއުލާނުކުރީ އޯގަސްޓް 6 ވަނަ ދުވަހު، ޤައުމުގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމަކަށް ފަހުގައެވެ.

ހޯމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ހޯމް އެފެއާޒް އެޑްވައިޒަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އެމް. ސަޚާވަތް ހުސައިނެވެ. އަދި މި ބައްދަލުވުމުގައި އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ)، ޑައިރެކްޓަރ ޖެނެރަލް އޮފް ރެބް އަދި އެހެނިހެން އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފަހަކަށް އައިސް، ދަރިވަރުންގެ އިހުތިޖާޖުތަކުގައި ގިނަ އަދަދެއްގެ ފުލުހުން މަރުވެ އަނިޔާވެފައިވެއެވެ.

ފުލުހުންގެ މަރުކަޒުތަކަށް ހަމަލާދިން ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ އިތުރުން، މަރުވި އޮފިސަރުންގެ އާއިލާތަކަށް އެއްފަހަރާ ބަދަލު ދިނުމާއި، ސަބް-އިންސްޕެކްޓަރުންނާއި ސާޖަންޓުން ވަޒީފާއަށް ނެގުމުގައި ހާމަކަން ބޮޑުކުރުމާއި، ޕޮލިސް ހެޑްކުއާޓަރސްގެ ދަށުން ކޮންސްޓަބަލުން ވަޒީފާއަށް ނެގުމުގައި 100 އިންސައްތަ ހާމަކަން ބޮޑުކުރުމަށް ހަޅުތާލުގައި ބައިވެރިވި އޮފިސަރުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.