ޝެއިހް ހަސީނާ އާއި ހަސީނާގެ ބުޅާ: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
12 Aug 2024 | 10:28
ގަނޑުވަރަށް ވަދެގަތް މީހުންވަނީ ހަސީނާގެ ބުޅާވެސް ވަގަށް ނަގައި ބޮޑު އަގުގައި ވިއްކާލާފައި

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ގޭގައި ގެންގުޅުއްވި ބުޅާވެސް ، ގަނޑުވަރަށް ވަދެގަތް މީހުން ވަގަށް ނަގައި ބޮޑުއަގުގައި ވިއްކާލާފައިފިއެވެ.

ބަންގްލަދޭޝްގައި ހިންގަމުން ދިޔަ ހަމަނުޖެހުން ތަކުގެ ސަބަބުން އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ޝެއިޚް ހަސީނާ ގައުމުން ފިއްލަވައިގެން ދިޔަތާ މާގިނައިރެއްނުވަނިސް މުޒާހަރާގެ ބައިވެރިން އެކަމަނާގެ ގަނޑުވަރުކޮޅު ގަނަބަބާން، އަށް ވަދެ ސޫޓްކޭސްތަކާއި، ހެދުންތަކާއި، ގޮނޑިތަކާއި، މަހާއި އެތައް ޖަނަވާރުތަކެއް ހިމެނޭ ގޮތަށް ފެނުނު އެއްޗެއް ފޭރިގަނެ ލޫޓުވާފައެވެ.

ކޯޓާއާ ދެކޮޅަށް ހަފުތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ ނުރައްކާތެރި މުޒާހަރާތައް ނިމުމަކަށް ގެނައުމަށް ފަހު ބޮޑުވަޒީރުދިރިއުޅުއްވާ ގެކޮޅާއި ބަންގްލަދޭޝްގެ ޕާލަމެންޓަށް މުޒާހަރާގެ ބައިވެރިން ވަދެ، ނަގާފައިވާ ވީޑިއޯތަކުން މީގެ ކުރިން ނުފެންނަ މަންޒަރުތަކެއް ވަނީ ފެނިފަ އެވެ.

 ބަންގްލަދޭޝްގެ އެނިމަލް ވެލްފެއާ ފައުންޑޭޝަނެއް ކަމަށްވާ އޮބޯޔަރޮންނޯ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޝެއިޚް ހަސީނާގެ ގެކޮޅުން ލޫޓުވި ބުޅާ ވިއްކާލީ 40،000 ބަންގްލަދޭޝް ޓަކާއަށް ކަމަށެވެ.

ނަމަވެސް ފަހުން ބަންގްލަދޭޝްގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ވަނީ އެ ތަކެތި ހޯދައިފަ އެވެ. ހަސީނާގެ ލޯބިވާ ޖަރުމަނު ޝެފަޑާއި އެ ބުޅާވެސް އެނބުރި ގަނަބަބަން އަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި މީގެ އިތުރުންކުރި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި ބޮޑުވަޒީރުދިރިއުޅުއްވާ ގެކޮޅުން ބަޔަކު ކުއްތާއެއް ގޮވައިގެން ދާ މަންޒަރުވެސް ފެނެއެވެ. އަދި ބަކަރި އާއި އެފަދަ ވަގަށް ނަގާފައިވާ އެހެން ޖަނަވާރުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްތައް ފާހަގަކުރި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.