މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Aug 2024 | 21:22
ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން: އަސްވާޑް

ޒުވާނުން ބާރުވެރިކުރުމަށް މި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާ ޒުވާނުންނަކީ ގައުމުގެ އެންމެ އަގުހުރި ތަރިކަ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހު ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ އަގުހުރި ތަރިކަ ކަމަށާއި، ޒުވާނުން ބާރުވެރިކޮށް، ހަގީގީ މާނައިގައި ޒުވާނުންނަށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުމަކީ މިހާރުގެ ސަރުކާރާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފާޅުކަން ބޮޑު ސިޔާސަތެއް ކަމަށެވެ.

ޒުވާނުންނާ ދިމާވެފައި އިޖުތިމާއީ މައްސަލަތަކާ ދުރުކޮށް، ޒުވާނުންނަކީ މި ގައުމަށް ފައިދާހުރި، މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މީގެ ތެރެއިން އެއްކަމަކީ ޒުވާނުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން. އިރާދަ ކުރެއްވިއްޔާ މީގެ ފޮނި މޭވާ، ލަސްތަކެއް ނުވެ ދިވެހި ޒުވާނުންނަށް ލިބެމުންދާނެ. އަދި މި ސިޔާސަތު އެކުލަވާލުމުގައި ދިވެހި އެންމެހާ ޒުވާނުންނާއި މަޝްވަރާކުރެވި، އެއްވެސް ޒުވާނެއް ބާކީ ނުވާނެކަމުގެ ޔަގީންކަން ދެން، މި ސިޔާސަތަކީ ދިވެހި ޒުވާނުންގެ ސިޔާސަތު، މިއީ އަޅުގަނޑުމެންގެ ސިޔާސަތު.

ވަޒީރު އަސްވާޑް ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ޒުވާނުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ސިޔާސަތު އެކުލަވާލުމުގައި ދިވެހި އެންމެހާ ޒުވާނުންނާ މަޝްވަރާކުރެވޭނެ ކަމަށާއި، އެއްވެސް ޒުވާނެއް ބާކީ ނުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިނިސްޓަރުގެ ޚިތާބުގައި އިތުރަށް ވިދާޅުވީ ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. މިގޮތުން، މިއަހަރު ތެރޭގައި ވެސް ތަފާތު އެތަކެއް ޕްރޮގްރާމެއް ހިންގިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މިނިސްޓަރ ވިދާޅުވީ ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެ ޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް 5 އަހަރުގެ ތެރޭގައި ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދެވޭ ކަމަށާއި، މިހާރު 180 ޒުވާނުން މި ޕްރޮގްރާމް ފުރިހަމަކޮށް ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާއިރު، އިތުރު 60 ޒުވާނުން ދަނީ ޕްރޮގްރާމް ފުރިހަމަކުރަމުން ކަމަށް މިނިސްޓަރގެ ޚިޠާބުގައި ހާމަކުރެއްވިއެވެ.

ނިންމާލަމުން މިނިސްޓަރ ޒުވާނުންނަށް އިލްތިމާސްކުރެއްވީ އާ އަޒުމަކާއެކު ހީވާގިކަމާއި މުރާލިކަމާއެކު، ސާފު އަމާޒެއް ކަނޑައަޅައި އެ އަމާޒު ހާސިލްކޮށް، ތިމާ ދެކޭ މުސްތަގުބަލުގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
ޚާމަނާއިގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: ސަރުކާރު
ޚާމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ލިބިފައިވާ ކަމަށާއި ރާއްޖެއިން އެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
29 Jun 2026
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރާނަން: ރައީސް
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.