ކަމަލާ ހެރިސް އާއި އެކަމަނާގެ ރަނިންމޭޓް މިޝިގަންގެ ގަވަރުނަރު ޓިމް ވޯލްޒް ގެ ރިޔާސީ ކެމްޕެއިން ރެލީއަށް އެއްވި ސަޕޯޓަރުން -- ފޮޓޯ: އޭޕީ
ދުނިޔެ
12 Aug 2024 | 23:58
ޓްރަމްޕް ހެރިސްގެ ކެމްޕޭން ފޮޓޯއަކާމެދު ދޮގު ތުހުމަތެއް ކުރައްވައިފި

ޓްރަމްޕް ހެރިސްގެ ކެމްޕޭން ފޮޓޯއަކާމެދު ދޮގު ތުހުމަތެއް ކުރައްވައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސްގެ ކެމްޕޭން އިން ޑިޓްރޯއިޓްގައި ބޭއްވި ރެލީއެއްގެ ފޮޓޯއެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އޯގަސްޓް 7 ވަނަ ދުވަހު ޑިޓްރޯއިޓްގައި ބޭއްވުނު ރެލީގެ ފޮޓޯއަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް ކަމަށާއި އަދި އެ ރެލީގައި އެވަރުގެ ބަޔަކު ބައިވެރިވެފައި ނުވާ ކަމަށެވެ.

ނަމަވެސް، އެ ރެލީގެ ވީޑިއޯތަކުން ދައްކާގޮތުން ގިނަ އަދަދެއްގެ މީހުން ރެލީގައި ބައިވެރިވެފައިވާކަން އެނގެއެވެ. އަދި ރޯއިޓަރސް އާއި ގެޓީ އިމޭޖަސް ފަދަ ނޫސް އޭޖެންސީތަކުންވެސް އެ ރެލީގެ ފޮޓޯތައް ނަގާފައިވެއެވެ.

ޓްރަމްޕްގެ ތުހުމަތާ ގުޅިގެން ކެލިފޯނިއާ ޔުނިވަރސިޓީގެ ޕްރޮފެސަރ ހާނީ ފަރިދް ވިދާޅުވެފައިވަނީ އެ ފޮޓޯ ދިރާސާކުރުމަށްފަހު އޭއައި ބޭނުންކޮށްގެން ހަދާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ހެރިސްގެ ކެމްޕޭނުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.