ތަޖިކިސްތާނުގެ އަންހެނެއް: ފޮޓޯ/ ޓީއާރްޓީ
ދުނިޔެ
13 Aug 2024 | 13:01
މުސްލިމު ބޮޑު އާބާދީއެއް އޮންނަ ތަޖިކިސްތާނުގައި ބުރުގާ އެޅެމާ ކަޅުހެދުން ލުން މަނާކޮށްފި

90 ޕަސެންޓަކީ މުސްލިމުން ދިރިއުޅޭގައުމެއްކަމަށްވާ ތަޖިކިސްތާނުގައި ބުރުގާއެޅުން މަނާކޮށްފިއެވެ.

ތަޖިކިސްތާނުން މިފަދަ އަމުރެއް ނެރެފައިވަނީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ.

އެގޮތަށް މަޖިލީހުން ފާސްކުރީ "ގައުމީ ސަގާފީ އުސޫލުތައް ރައްކާތެރިކޮށް، ޚުރާފާތާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރުން" ކަމަށް ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން ބޭރުގެ މީޑިއާއަށް މައުލޫމާތު ދެމުން ތަޖިކިސްތާނުގެ އަންހެނަކު ވަނީ ގާތްގަނޑަކަށް ކޮންމެ އަހަރަކު ވެސް އެ ގައުމުގެ ސަރުކާރުން ހިޖާބާ ގުޅޭ ބިލްތައް ތައާރަފް ކުރަމުން އަންނަކަން ފާހަގަކޮށްފައެވެ. އެގޮތުން ހިޖާބު އަޅައިގެން އުޅެވޭނެ ތަންތަނާއި، އަޅަންވީ މިންވަރު ވެސް ހާމަކޮށް ބިލްތައް ފާސްކޮފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، ބުރުގާ އެޅުން މަނާ ކުރިތާ މަހެއް ފަހުން އެގައުމުން ވަނީ ކަޅު ހެދުން އެޅުން ވެސް އަންހެނުންނަށް މަނާކޮށްފަ އެވެ.

ތަޖިކިސްތާނަކީ އިސްލާމްދީނަށް އުޅެ ދީނީ އަޅުކަންތައް އަދާކުރުމުގެ ހައްގުތައް ހަނިކުރުމުގެ ތާރީހެއް އޮތް ގައުމެކެވެ. އެގޮތުން، މީގެ ކުރިން 2007 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ހިޖާބު މަނާކޮށްފައިވާއިރު، 2009 ވަނަ އަހަރުން ފެށިގެން އާންމު މުއައްސަސާތަކުގައި ހިޖާބު މަނާކޮށްފައިވެއެވެ.

މީގެ އިތުރުން، ޒުވާނުންނަށް މިސްކިތްތަކަށް ދިއުން މަނާކުރުމާއި، ޔުނިވާސިޓީތަކުގައި އަންހެނުން ހިޖާބު އެޅުން މަނާކުރުމާއި، ތުނބުޅި ހުރި ފިރިހެނުން ހުއްޓުވައި ފުލުހުން ސުވާލު ކުރުމާއި، އިސްލާމީ ހެދުން ވިއްކުންވެސް އެގައުމުން މަނާކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.