ހއ.ކެލާގައި ފެންބޮޑުވެފައި... ފޮޓޯ: ކެލާ ކައުންސިލް
ހަބަރު
13 Aug 2024 | 14:13
ކެލާ ފެނު އަޑީގައި. އެންމެބޮޑު ގެއްލުމެއް ސްކޫލް ކޮމްޕިއުޓަރ ލެބަށް

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހއ.ކެލައަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެގިނައިން ވާރޭވެހިފައިވަނީ ހއ.ކެލައަށެވެ. އެރަށަށް އިއްޔެ އެކަނިވެސް 231.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ކެލާގައި ފެންބޮޑުވެ ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު "ވޮއިސް" އާ ހިއްސާކުރަމުން އެރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް ވިދާޅުވީ، އިއްޔެ އާއި މިއަދު ވެހުނު ވާރޭގައި އެ ރަށުގައި ފެންބޮޑުވެ، ބައެއް ގޭތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން އެހެނިހެން ތަކެއްޗަށްވެސް ގެއްލުންތައް ލިބިފައިވާކަމަށެވެ. މިގޮތުން އިލެކްޓްރޯނިކް އާލާތްތަކާއި ފަރުނީޗަރުފަދަ ތަކެއްޗަށް ފެންވަދެ ގެއްލުންތައް ވަނީ ލިބިފައެވެ.

ހއ.ކެލާގައި ފެންބޮޑުވެ، ގެއަކަށް ފެން ވަދެފައި... ފޮޓޯ/ކެލާ ކައުންސިލް

އެންމެބޮޑު ގެއްލުމެއްގެ ގޮތުގައި އިންފާޒް ފާހަގަކުރީ ރަށު ސްކޫލް ކޮމްޕިއުޓަރލެބަށް ފެންވަދެ، އެތަނުގައި ހުރި ސީޕީޔޫތަކަށްވެސް ފެނުގެ އަސަރު ކުރުމެވެ.

ކޮމްޕިއުޓަރލެބްގައިވެސް ފެންބޮޑުވެފަ ހުރީ.އެތަނުގައި މޮނީޓަރުތައް ޑެސްކުގަ ހުރިނަމަވެސް ސީޕީޔޫތައް ހުންނާނީ ގްރައުންޑްގަ. ފެންވަދެގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ.

ކައުންސިލްގެ ރައީސް އިންފާޒް ވިދާޅުވިއެވެ.

ކެލާ ސްކޫލް ކޮމްޕިއުޓަރ ލެބަށް ފެންވަދެފައި...

ކެލައަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ބައެއް ގަސްތައް ވެއްޓިފައިވާއިރު، މިކަމުގެ ސަބަބުން އެއްވެސް މީހެއްގެ ގޯތި ގެދޮރަށް ގެއްލުން ލިބިފަ ނުވާކަން އިންފާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކެލާގައި އެހާބޮޑަށް ފެންބޮޑުވަނީ ރަށުގެ މަގުތައް ނުހަދައި އޮތުމުގެ ސަބަބުން ކަމަށެވެ. މަގުތައް ހަދައި ފެން ހިންދާ ނިޒާމެއް ޤާއިމްކުރެވިފައި އޮތްނަމަ ލިބޭ ގެއްލުންތައް ކުޑަވާނޭކަން އޭނާ ފާހަގަކުރިއެވެ.

ކެލާގައި ފެންބޮޑުވުމުގެ ސަބަބުން ރަށުތެރެއިން ފެންގަނޑު ހިންދަމުންދަނީ ކޯރު ކެނޑެން އޮތް ދިމާތަކުން މޫދަށް ކޯރު ކަނޑައިގެންނެވެ. މިހާރުވެސް 5 ސަރަހައްދަކުން ވަނީ މޫދާ ހިސާބަށް ކޯރު ކޮނެފައެވެ. މިކަމުގައި ފުލުހުންނާއި، ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާއި އަދި މިވަގުތު ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދާ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަމަށް އިންފާޒް ވިދާޅުވިއެވެ.

ކެލާގައި ބޮޑުވި ފެންގަނޑު ރަށުތެރެއިން ބޭރުކުރުމަށް މޫދާ ހިސާބަށް ކޯރުކޮންނަނީ.... ފޮޓޯ/ ކެލާ ކައުންސިލް

އިންފާޒް ވިދާޅުވީ މެދުނުކެނޑި މިހާރު ވެހެމުންދާގޮތަށް ވިއްސާރަ ވެހެމުންދާނަމަ ބައެއް ގޭތަކުން މީހުން ނެރެންޖެހޭނެ ކަމަށެވެ. ރާއްޖޭގެ ބައެއް ރަށްރަށަކީ ފެންތިލަ ރަށްރަށަށް ވީނަމަވެސް ކެލައަކީ އެފަދަ ރަށެއް ނޫނެވެ. ނަމަވެސް ކެލާގައި މީހުން ދިރިއުޅެމުންދާ ބައެއް ސަރަހައްދުތަކަކީ ވާރޭ ވެހިއްޖެނަމަ ވަރަށް ފަސޭހައިން ފެން ބޮޑުވާ ސަރަހައްދު ތަކެއްކަމަށް ކައުންސިލްގެ ރައީސް އިންފާޡް ވަނީ ފާހަގަކުރައްވާފައެވެ.

މޫސުމާ ބެހޭ އިދާރާގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު، މާލެ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް ވަނީ އޮރެންޖު އެލާޓް ނެރެފައެވެ.

ކޮމެންޓް
މ7ކި
ޢެވަރުވާންދެން ބަލަން ތިބެންޖެހޭތަ
13 Aug 2024
ކެލާވީ
ސިއްަރިޔާތުގަ ވެހުނު ވާރޭއެއް ނޫނެއްނު!ކީއްވެބާ ސީޕީޔޫތައް މޭޒުމަތީ ނުބެހެއްޓެންވީ!ތަޅުންމަތީ ގައިމު ބަހައްޓާނި ކޮންމެވެސް ނުބައި މޯޓިވްއެއް އެކަމުގަ އޮތީމަ ކަމަށް ޤަބޫލުކުރެވޭ
13 Aug 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.