މެޑަމް ފަޒްނާ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Aug 2024 | 15:11
ނަތީޖާ ލިބޭ ދުވަހު ނުކުރަންވީ ކަމަކީ އެހެންކުދިންގެ ނަތީޖާ ކިހިނެއްތޯ އަހަން ގުޅުން: މެޑަމް ފަޒްނާ

އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހު ނުކުރަންވީ ކަމަކީ އެހެން ކުދިންގެ ނަތީޖާ ކިހިނެއްތޯ އަހަން އެއް ބެލެނިވެރިއަކު އަނެއް ބެލެނިވެރިއަކަށް ގުޅުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު މިއަހަރުގެ މެއި/ޖޫންގައި ދަރިވަރުން ހެދި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފެށުމާއި ގުޅިގެން މެޑަމް ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަތީޖާ ހިއްސާ ކުރަން ބޭނުންވާ މީހުން ކުރާނެ ކަމަށާއި، ބައެއް މީހުން ސޯޝަލް މީޑިއާގައި ނަތީޖާ ކަރުދާސް ޕޯސްޓް ވެސް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް އަނެއްބައި މީހުންނަކީ އެކަން ހިއްސާ ކުރަން ބޭނުންނުވާ ފަރާތްތައްކަން ފާހަގަކުރަމުން މެޑަމް ފަޒްނާ ވަނީ އެމީހުން އެ ނިންމުމަށް އިހްތިރާމް ކުރުމަށް އެދިވަޑައިގެންފައެވެ.

"ނަތީޖާ ހިއްސާކުރަން ބޭނުންވާ މީހުން ކުރާނެއެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ނަތީޖާ ކަރުދާސް ޕޯސްޓް ވެސް ކުރާނެއެވެ. އަނެއްބައި މީހުންނަކީ ތަންކޮޅެއް ޕްރައިވެޓް މީހުންވީމަ އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. އެހެންވީމަ އެމީހުންގެ ޕްރައިވެސީ އަށް އިހުތިރާމް ކުރާށެވެ."

މެޑަމް ފަޒްނާގެ ޕޯސްޓްގައި ވެއެވެ.

އުންމީދު ކުރި ފަދަ ނަތީޖާއެއް ލިބުނު ކުދިންގެ އުފަލުގައި ބައިވެރިވެ މަރުހަބާ ކިޔާކަމަށާއި، އުންމީދު ކުރި ފަދަ ނަތީޖާއެއް ނުލިބުނު ކުދިން މާޔޫސްނުވެ އާ އަޒުމަކާއި ފެށުމަށް ހިތްވަރުދެއްވާ ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ހެނދުނު 9 ފެށިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ސެންޓަރުތަކަށް ފޮނުވަން ފަށާފައިވާއިރު،  މިއަދު 12 ޖެހިއިރު ސެންޓަރުތަކުން ވަނީ ނަތީޖާ ދޫކުރަން ފަށާފައެވެ.

ނަތީޖާއަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުުޅުވާލާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވާއިރު، އެކަމަށް ކަނޑައަޅާފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިން ހިމެނޭހެން ޖުމްލަ 7،501 ކުދިން މި ފަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ. 

ރާއްޖޭގެ 257 ސެންޓަރުގައި ހެދި މި އިމްތިހާނުތަކުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.